ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގައި، އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމް، އަތޮޅު ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމް، އަތޮޅު ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗްގައި ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރު 2-1 ސެޓުން ބަލިކޮށްގެންނެވެ. އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމްވަނީ މިމުބާރާތުގެ ފައިނަލް ރައުންޑަށްވެސް ކޮލިފައިވެފައެވެ.
މިމުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ޑިވިޜަންގެ ފައިނަލް ރައުންޑްގައި އިހަވަންދޫ ސްކޫލުން މިމުބާރާތުގައި ބައިވެރިވި އަންހެން ޓީމް، މިރޭ ކުޅޭނެއެވެ. މިރޭ 20:45 ގައި ފަށާ އެމެޗްގައި އިހަވަންދޫ ސްކޫލްގެ ޓީމް ނުކުންނާނީ ސީއެޗްއެސްއީ އާއި ދެކޮޅަށެވެ. އެމެޗުން މޮޅުވާ ޓީމެއް ސެމީފައިނަލުން ޖާގައެއް ލިބޭނެއެވެ.