ސެންސިޓީ މައިކަޕަށް ނުކުންނަނީ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން – ސަމީރު

.

މިއަހަރުގެ މައިކަޕް ފުޓްބޯޅަ މުބާރާތަށް ސެންސިޓީ ނުކުންނަނީ، ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭނަކަމަށް ސެންސިޓީގެ އެއްބާނީ، މުހައްމަދު ސަމީރު ބުނެފިއެވެ. މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި ސަމީރު ބުނީ، މައިކަޕްފަދަ ވަރުގަދަ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިނުމަކީ އަބަދުވެސް އެޓީމްގެ އަމާޒެއްކަމުގައެވެ. ހާއްސަކޮށް އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އެފަދަ ފުރުސަތުތަކުގެ މުހިއްމުކަން ބޮޑު ކަމަށް ސަމީރު ފާހަގަކުރިއެވެ.

19 އަހަރުން ދަށުގެ ފިރިހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިޔަށްގެންދިޔަ، ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން މިއަހަރު ހޯދައިފާވަނީ ސެންސިޓީކަން ފާހަގަކުރެވެއެވެ. އެމުބާރާތުގައި ސެންސިޓީއަށް ނިސްބަތްވާ ދެ ޓީމެއް ވާދަކޮށްފައިވެއެވެ. އެމުބާރާތުން ވިދާލި ކުޅުންތެރިންނަށްވެސް ސެންސިޓީގެ ސީނިއަރ ޓީމުން ފުރުސަތު ލިބިގެންދާނެކަން ސަމީރު ފާހަގަކުރިއެވެ.

ސެންސިޓީއަކީ މައިކަޕަށް އައު ނަމެއް ނޫނެވެ. 2014 ވަނަ އަހަރު އެޓީމްވަނީ މައިކަޕްގެ ފައިނަލްގައިވެސް ކުޅެފައެވެ. ފައިނަލްގައި މާރަންދޫ ޒުވާނުންގެ ޖަމިއްޔާ އަތުން ބަލިވިނަމަވެސް، އެންމެ ފާހަގަކުރެވެނީ އެޓީމް އެފަހަރު ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެކަމެވެ. އެއީ މައިކަޕްގައި އެހާތަނަށް އެއްވެސް ޓީމަކަށް ހާސިލްކުރެވުނު ކަމެއްނޫނެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މައިކަޕް މުބާރާތުގައިވެސް ސެންސިޓީވަނީ ކުއާޓަރ ފައިނަލްގައި ކުޅެފައެވެ.

25 އަހަރަށްވުރެ ދިގު ތާރީހެއްއޮތް އަދި މައިކަޕްގެވެސް 7 މުބާރާތެއްގައި ކުޅެފައިވާ ސެންސިޓީ، މިމުބާރާތުގައި ބައިވެރިވުމީ މުބާރާތަށްވެސް ލިބިގެންދާނެ ފުރިހަމަކަމެއްކަން ޔަޤީނެވެ.

ކޮވިޑް އާލަމީ ވަބާގެ ސަބަބުން މެދުކެނޑުނު މައިކަޕް މިއަހަރު ފަށާއިރު، މުބާރާތަށް ޓީމްތަކުން އަންނަނީ ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ. މިމަހު 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 14 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތަށް، އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެކަމުގެ ޔަގީންކަން މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ބާނީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޢަބްދުالله (މުޙައްމާ) ވަނީ ދެއްވައިފައެވެ.

ޚިޔާލު ފައުޅުކުރުން

އެންވީކޭ ތަށިނެގީ ހުރިހާ މެޗަކުން މޮޅުވެގެން 2012 ގައި
އޯކޭ