އިހަވަންދޫ މަސްވެރިނަށްޓަކައި އިހަވަންދޫ ކައުންސިލް މެމްބަރުން!
އިހަވަންދޫގަ މިހާރު ތިބި ކައުންސިލަރުންނަށް އިހަވަންދޫ ރައްޔިތުން އިތުބާރު ކުރީ އެމީހުންގެ ވަރަށް ގިނަ ސިޔާސަތު ތަކެއް ރަނގަޅުވެގެންނެވެ. އެ ސިޔާސަތުތަކުގެ ހަޤީޤީ ކުލަ އެމީހުން ޖައްސާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިނުމުންނެވެ.
އެގޮތުން އިހަވަންދޫއަކީ މަސްވެރި ރަށެއް ކަމުން، މަސްވެރިންނަށް ވަރަށް ގިނަ ވަޢުދުތަކެއް ވިއެވެ.
އެގޮތުން ވީ ވަޢުދު ތަކުގެ ތެރޭގައި، މަސްވެރިކަމުގެ ސިނާއަތުން އުފެދޭ ކުނި ނައްތައިލާނެ ފަސޭހަ ފައިދާވަނިވި ނިޒާމެއް އުފެއްދުމާއި، މަސްވެރިންނަކީ އާއިލާތަކާ ދުރުގައި ކަނޑުމަތީ ގިނަވަގުތު ހޭދަކުރާ ބައެއްކަމުގައި ވީހިނދު، މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ހިލޭ ގުޅޭނެ އިންތިޒާމެއް ކައުންސިލުން ހަމަ ޖައްސާދިނުމާއި، މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ އާލާތްތައް ވަރަށް ހެޔޮ އަގުގައި ލިބޭނެ މަގެއް ފަހިކޮށްދިނުމާއި، އޮޑިދޯނި ފަހަރަށް ބޭނުންވާ ސެޓްލައިޓް ފޯނު ހޯދައިދޭން މަސައްކަތް ކުރުމާއި، ޕަބުލިކް ޕުރައިވެޓް ޕާޓުނާޝިޕް އުޞޫލުން ސުލިޕްވޭއެއް ތަރައްޤީކުރުމާއި، ސަރުކާރާއި މިފްކޯ އަދި އަމިއްލަ ފަރާތްތަކާ މަޝްވަރާކޮށްގެން މަސްވެރިން ބާނާ މަސް ކަލެކްޓްކުރާނެ ފެސިލިޓީއެއް ނުވަތަ މިނޫވެސް އެހެން މަޝްރޫއެއް ތަރައްޤީ ކުރުމަށް ގަދައަޅާ މަސައްކަތް ކުރުން ހިމެނެއެވެ.
އަނެއްކޮޅުން އިހަވަންދޫ މަސްވެރިންގެ ވޯޓް ހޯދުމަށްޓަކައި މިހާރުގެ ރައީސް ވަނީ ގޭދޮށު މަސްފެކްޓުރީ އިހަވަންދޫގައި ވެސް އަޅާނެ ކަމުގެ ނަނާ ހުވަފެން ދައްކާފައެވެ.
އެހެންނަމަވެސް، އިހަވަންދޫގެ މަސްވެރިން ބާނާ މަސްކޮޅު ނުކުރި އޭގެ އަގެއް ނެތި އުކާލަން ޖެހޭއިރުވެސް މަސްވެރިންނަށްޓަކައި އައި ކައުންސިލުން ރަސްމީ ސިފައެއްގައި ނުރުހުން ފާޅުކޮށް އެކަމަށް ހައްލެއް ގެނެސްދިނުމަށް ބުނެ ބަޔާން ގަނޑެއްވެސް ނެރެވިފައެއް ނެތްކަން ފާހަގަ ކުރެވެއެވެ.
އަނެއްކާވެސް މިފެންނަ މަންޒަރަކީ އިހަވަންދޫ މަސްވެރިންގެ ރުހުން ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވެ، ރައްޔިތުން މަޖުލީހުން ދައުރު ދައްމާލުމަށްފަހުވެސް އަހަރެއް ވާން ގާތްވެފައި ވަނިކޮށް މިއަދު މިވަނީ ސުލިޕްވެއެއް އަޅަން އުޅޭކަން ރައްޔިތުންނަށް އަންގާދީ، ދެންއަންނަ ދައުރަކަށް ކެމްޕެއިން ފަށައިފައެވެ. މިއީ އިހަވަންދޫގެ ރައްޔިތުން ހާއްޞަކޮށް މަސްވެރިން ވިސްނާލަންޖެހޭ ކަމެއްކަމުގައި ދެކެމެވެ!
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން މޮޅުވީ އިރުމަތީ އަވަށް...
2 - މޭ - 2026
އިހަވަންދޫގެ ދެ އަވަށުގެ ދެމެދުގައި މިއަދު މެޗެއް ކުޅެނީ...
1 - މޭ - 2026
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް