އުތީމުގައި ހުންނަ އުތީމު ގަނޑުވަރު، މިއީ ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ޢާއިލާ އެރަށުގައި ދިރިއުޅުއްވި ގެކޮޅު: ފޮޓޯ، މުހައްމަދު ޢަބުދުއްޞަމަދު[/caption]
މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. މިއަދު އަޅުގަނޑުމެން ފާހަގަ ކުރަނީ ބޮޑު ތަކުރުފާނު ނުވަތަ އައްސުލްތާނު މުހައްމަދު ތަކުރުފާނުލްއަޢުޒަމް ޕޯޗުގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވި ދުވަހެވެ. މިތާރީޚީ ހާދިސާ ހިނގީ 1 ރަބީޢުލްއައްވަލު 981 (2 ޖުލައި 1573)ގައެވެ.
އައްސުލްތާނު މުހައްމަދު ތަކުރުފާނުލްއަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ، އުތީމު ކަޅު ޢަލީ ޚަތީބު ތަކުރުފާނުގެ ހުސެއިން ޚަތީބު ތަކުރުފާނުގެ ދަރިކަލެކެވެ. މިރަދުންގެ މަންމާފުޅަކީ ހއ. އިހަވަންދޫ ކައްޕީނިތަކުރުފާނުގެ އާމިނާ ދިޔޯ އެވެ.
ޕޯޗުގީޒުން ދިވެހި ރާއްޖޭގެ ރަދުން 6 ވަނަ ޢަލީ ރަސްގެފާނު ޝަހީދުކޮށް، ދިވެހިރާއްޖެ ހިފިއެވެ. މިހިތާމަވެރި ހާދިސާ ހިނގީ ހިޖުރައިން 965 ވަނަ އަހަރު ޝަޢުބާން މަހުގެ 1 ވަނަ ދުވަހު އެވެ. އެއީ މީލާދީ ސަނަތުން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ ވެރިއަކަށްހުރި އަނދިރިއަނދިރިންގެ ނުބައިކަމާއި، ނުލަފާކަމާއި، އަނިޔާވެރިކަން ވަނީ ރާއްޖޭގެ އުތުރާއި ދެކުނަށް ފެތުރިފައެވެ.
ދިވެހި ޖައްވުވަނީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ކިލަނބުވެފައެވެ. ދިވެހި ކަނޑުތަކާއި، ކަނޑުއޮޅިތައްވަނީ ދިވެހިންގެ ލެއިން ރަތްވެފައެވެ. ދިވެހި ޖަޒީރާ ރަށްތަކުގައި، ޕޯޗުގީޒުން ދަނީ ދިވެހި އަންހެނުންގެ އިއްފަތްތެރިކަމަށް އަރާގަންނަމުންނެވެ. ދިވެހި ފިރިހެނުން މަރަމުންނެވެ. ދިވެހިންގެ ދީނަށް ފުރައްސާރަކޮށް މަލާމާތްކުރަމުންނެވެ. އިސްލާމްދީން ދެކެ ލޯބިވާ ދިވެހި ލޮބުވެތި މުސްލިމު އަހުންނާއި އުހުތުން މަރަމުންނެވެ. އެހެންކަމުން މުޅި ދިވެހިރާއްޖެދަނީ ޣައިރުދީނަށް އެނބުރެމުންނެވެ.
މިދަރަޖައަށް ރާއްޖޭގެ ކަންތައްތައް ގޮސްފައިވަނިކޮށް، ބޮޑުތަކުރުފާނާއި މި ތަކުރުފާނުގެ ބޭބޭފުޅު އަލިތަކުރުފާނާއި، ކޮއްކޯފުޅު ހަސަންތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުންނެވެ. ރާއްޖެއިން އިސްލާމީ ނޫރު ފުހެވިދާނެ ކަމަށް ބިރުފުޅު ގަތީމައެވެ. މާތްވެގެންވާ އިސްލާމްދީން ރާއްޖޭގައި އަލުން ގާއިމްކުރެއްވުމަށްޓައެވެ. ތިން ބޭފުޅުންގެ ލީޑަރަކަށް ހުންނެވީ ބޮޑުތަކުރުފާނު ނުވަތަ މުޙައްމަދު ތަކުރުފާނެވެ.
މިއަޒުމު ކަނޑައެޅުއްވުމަށްފަހު، އުތީމު ތިންބޭން އެބޭފުޅުންގެ އާއިލާގެ ބޭފުޅުން މަލިކަށް ގެންދެވުނެވެ. އެ ބޭފުޅުން މަލިކަށް ދަތުރުކުރެއްވީ "ކަޅުއޮށްފުންމި" ގައެވެ. މިއީ ހއ. ބާރަށުގައި ޕޯޗްގީޒުން ބަހައްޓާފައި ހުރި ވިޔަޒޯރުގެ އެހީގައި ބަންނަވާފައިވާ އޮޑިއެކެވެ.
"ކަޅުއޮށްފުންމީ" ގައި އުތީމު ތިންބޭން ، ޕޯޗްގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖޭ ސަލާމަތްކޮށް އިސްލާމްދީނަށް ނަސްރުދިނުމުގެ ޖިހާދުގެ ކަމަރު ބެންނެވިއެވެ. ރޭގަނޑުގެ އަދިރިއާއެކުގައި ރާއްޖޭގޭ އެތެއަށް ވަންނަވައި، ރަށްރަށުގައިވާ ޕޯޗްގީޒުންގެ މީހުން މަރުއްވައި، މީސްތަކުގެ ހިތްތަކުގައި އިސްލާމްދީނުގެ ރޫޙް އައުކުރައްވާ، ކެތްތެރިވެ، ހިތްވަރުގަދަ ކުރެއްވުމަށް ނަޞޭހަތްތެރިވިއެވެ. ފަތިސްވާއިރު ކަޅުއޮށްފުންމި ރާއްޖޭއިން ބޭރަށްގޮސް ވާނުވާ ތަނެއް ނުއެނގެއެވެ. މި ހަނގުރާމައިގެ ތެރޭގައި ޢަލީތަކުރުފާނު ޝަހީދުވެވަޑައިގަތެވެ. މުހައްމަދު ތަކުރުފާނާއި ހަސަންތަކުރުފާނު އިތުރު ހިތްވަރުފުޅާއެކު ، މަސައްކަތްކުރައްވާ ގައުމީ ޖިހާދު ވަރުގަދަ ކުރެއްވިއެވެ.
އުތީމު ތިންބޭން ޕޯޗްގީޒުންނާ ދިމާކޮށްލުމުގެ ސަބަބުން އެބައިމީހުން އެކަމަށްހޭލައި ހުޝިޔާރުވެ ތިބެން ފަށައިފިއެވެ. ކަޅުއޮށްފުންމީގެފަހުލަވާނުންނަށް އެކަނި ޕޯޗްގީޒުން ބަލިކުރައްވާ މާލެ ނުހިފޭނެކަށް މުހައްމަދު ތަކުރުފާނަށް އެނގިވަޑައިގަތުމުން، ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަން ހޯދިއެވެ. އަލީރާޖާ ދެއްވި ހަނގުރާމަމަތީ ގުރާބާއި ލަޝްކަރެއް ގޮވައިގެން މާލެ ހިފަން އުތީމު ތިންބޭން މާލެ ވަޑައިގެންނެވި ރޭގެ އަނެއް ދުވަހަކީ، ކިރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު މަރައިލާނޭ ކަމަށް ޕޯޗްގީޒުން އިއުލާންކޮށްފައިވާ ދުވަހެވެ. އެއިރު މާލޭގައި ތިބި ހިތްވަރުގަދަ ބަޔަކު، ލިބެންހުރި ހަތިޔާރެއް އެއްކޮށް، ދީނަށްޓަކައި ޝަހީދުވާން ތައްޔާރުވަނީއެވެ. އެރޭ މުހައްމަދު ތަކުރުފާނުގެ އެކުވެރިން ޕޯޗްގީޒުންނާ ހަނގުރާމަކުރައްވާ އެންމެން މަރުއްވާލެއްވީ އެވެ. 15 އަހަރާއި 6 މަސްދުވަހު ޕޯޗްގީޒުން ރާއްޖޭގައި ހިންގި އަޅުވެތި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައެވެ.
މިތާރީޚީ ހާދިސާއަށް ހިޖުރީގޮތުން 460 އަހަރު މިއަދު ފުރޭއިރު، ދިވެހި ގައުމިއްޔަތުގެ ބިންގަލުގައިވަނީ ރެނދުލާފައެވެ. ދީނަށް ފުރައްސާރަކުރުމާއި، ލާދީނީވުން އާއްމުވެފައެވެ. ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި އިސްލާމްދީނުގެ ހުކުމްތަކާއި އުސޫލުތަކާއި ހަމަތައް ގެންގުޅުމާ އިދިކޮޅު ވެފައެވެ. އެތައް ވަސީލަތްތަކެއްގެ އެހީގައި މަކަރުވެރި ގޮތެއްގައި ދިވެހިން ލާދީނީ ކުރުމަށް ބަޔަކު ރެއާއި ދުވާލު ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ފަހަރު ސީދާ ފާޅުކަން ބޮޑު ގޮތެއްގައެވެ. އަނެއްބައި ފަހަރު އޮޅުވާލުންތަކެއްގެ ތެރެއިންނެވެ. މިއަދުމިވަނީ، މިފަދަ ކަންކަމާ މެދު ވިސްނައި ފިކުރު ކުރަން ޖެހިފައެވެ. މިފަދަ ކަންކަން ހުއްޓުވެން އޮތް ހުއްދަ މަގުތަކުން ހުއްޓުވަންވެސް މަސައްކަތް ކުރަން ޖެހިފައެވެ. ފޯޗުގީޒުންގެ އަނިޔާވެރި އަޅުވެތި ކަމުން ދިވެހި ގައުމު ސަލާމަތްވި ތާރީޚީ ހާދިސާއަށް 460 އަހަރު
[caption id="attachment_74" align="alignnone" width="1429"]
އުތީމުގައި ހުންނަ އުތީމު ގަނޑުވަރު، މިއީ ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ޢާއިލާ އެރަށުގައި ދިރިއުޅުއްވި ގެކޮޅު: ފޮޓޯ، މުހައްމަދު ޢަބުދުއްޞަމަދު[/caption]
މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. މިއަދު އަޅުގަނޑުމެން ފާހަގަ ކުރަނީ ބޮޑު ތަކުރުފާނު ނުވަތަ އައްސުލްތާނު މުހައްމަދު ތަކުރުފާނުލްއަޢުޒަމް ޕޯޗުގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވި ދުވަހެވެ. މިތާރީޚީ ހާދިސާ ހިނގީ 1 ރަބީޢުލްއައްވަލު 981 (2 ޖުލައި 1573)ގައެވެ.
އައްސުލްތާނު މުހައްމަދު ތަކުރުފާނުލްއަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ، އުތީމު ކަޅު ޢަލީ ޚަތީބު ތަކުރުފާނުގެ ހުސެއިން ޚަތީބު ތަކުރުފާނުގެ ދަރިކަލެކެވެ. މިރަދުންގެ މަންމާފުޅަކީ ހއ. އިހަވަންދޫ ކައްޕީނިތަކުރުފާނުގެ އާމިނާ ދިޔޯ އެވެ.
ޕޯޗުގީޒުން ދިވެހި ރާއްޖޭގެ ރަދުން 6 ވަނަ ޢަލީ ރަސްގެފާނު ޝަހީދުކޮށް، ދިވެހިރާއްޖެ ހިފިއެވެ. މިހިތާމަވެރި ހާދިސާ ހިނގީ ހިޖުރައިން 965 ވަނަ އަހަރު ޝަޢުބާން މަހުގެ 1 ވަނަ ދުވަހު އެވެ. އެއީ މީލާދީ ސަނަތުން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ ވެރިއަކަށްހުރި އަނދިރިއަނދިރިންގެ ނުބައިކަމާއި، ނުލަފާކަމާއި، އަނިޔާވެރިކަން ވަނީ ރާއްޖޭގެ އުތުރާއި ދެކުނަށް ފެތުރިފައެވެ.
ދިވެހި ޖައްވުވަނީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ކިލަނބުވެފައެވެ. ދިވެހި ކަނޑުތަކާއި، ކަނޑުއޮޅިތައްވަނީ ދިވެހިންގެ ލެއިން ރަތްވެފައެވެ. ދިވެހި ޖަޒީރާ ރަށްތަކުގައި، ޕޯޗުގީޒުން ދަނީ ދިވެހި އަންހެނުންގެ އިއްފަތްތެރިކަމަށް އަރާގަންނަމުންނެވެ. ދިވެހި ފިރިހެނުން މަރަމުންނެވެ. ދިވެހިންގެ ދީނަށް ފުރައްސާރަކޮށް މަލާމާތްކުރަމުންނެވެ. އިސްލާމްދީން ދެކެ ލޯބިވާ ދިވެހި ލޮބުވެތި މުސްލިމު އަހުންނާއި އުހުތުން މަރަމުންނެވެ. އެހެންކަމުން މުޅި ދިވެހިރާއްޖެދަނީ ޣައިރުދީނަށް އެނބުރެމުންނެވެ.
މިދަރަޖައަށް ރާއްޖޭގެ ކަންތައްތައް ގޮސްފައިވަނިކޮށް، ބޮޑުތަކުރުފާނާއި މި ތަކުރުފާނުގެ ބޭބޭފުޅު އަލިތަކުރުފާނާއި، ކޮއްކޯފުޅު ހަސަންތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުންނެވެ. ރާއްޖެއިން އިސްލާމީ ނޫރު ފުހެވިދާނެ ކަމަށް ބިރުފުޅު ގަތީމައެވެ. މާތްވެގެންވާ އިސްލާމްދީން ރާއްޖޭގައި އަލުން ގާއިމްކުރެއްވުމަށްޓައެވެ. ތިން ބޭފުޅުންގެ ލީޑަރަކަށް ހުންނެވީ ބޮޑުތަކުރުފާނު ނުވަތަ މުޙައްމަދު ތަކުރުފާނެވެ.
މިއަޒުމު ކަނޑައެޅުއްވުމަށްފަހު، އުތީމު ތިންބޭން އެބޭފުޅުންގެ އާއިލާގެ ބޭފުޅުން މަލިކަށް ގެންދެވުނެވެ. އެ ބޭފުޅުން މަލިކަށް ދަތުރުކުރެއްވީ "ކަޅުއޮށްފުންމި" ގައެވެ. މިއީ ހއ. ބާރަށުގައި ޕޯޗްގީޒުން ބަހައްޓާފައި ހުރި ވިޔަޒޯރުގެ އެހީގައި ބަންނަވާފައިވާ އޮޑިއެކެވެ.
"ކަޅުއޮށްފުންމީ" ގައި އުތީމު ތިންބޭން ، ޕޯޗްގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖޭ ސަލާމަތްކޮށް އިސްލާމްދީނަށް ނަސްރުދިނުމުގެ ޖިހާދުގެ ކަމަރު ބެންނެވިއެވެ. ރޭގަނޑުގެ އަދިރިއާއެކުގައި ރާއްޖޭގޭ އެތެއަށް ވަންނަވައި، ރަށްރަށުގައިވާ ޕޯޗްގީޒުންގެ މީހުން މަރުއްވައި، މީސްތަކުގެ ހިތްތަކުގައި އިސްލާމްދީނުގެ ރޫޙް އައުކުރައްވާ، ކެތްތެރިވެ، ހިތްވަރުގަދަ ކުރެއްވުމަށް ނަޞޭހަތްތެރިވިއެވެ. ފަތިސްވާއިރު ކަޅުއޮށްފުންމި ރާއްޖޭއިން ބޭރަށްގޮސް ވާނުވާ ތަނެއް ނުއެނގެއެވެ. މި ހަނގުރާމައިގެ ތެރޭގައި ޢަލީތަކުރުފާނު ޝަހީދުވެވަޑައިގަތެވެ. މުހައްމަދު ތަކުރުފާނާއި ހަސަންތަކުރުފާނު އިތުރު ހިތްވަރުފުޅާއެކު ، މަސައްކަތްކުރައްވާ ގައުމީ ޖިހާދު ވަރުގަދަ ކުރެއްވިއެވެ.
އުތީމު ތިންބޭން ޕޯޗްގީޒުންނާ ދިމާކޮށްލުމުގެ ސަބަބުން އެބައިމީހުން އެކަމަށްހޭލައި ހުޝިޔާރުވެ ތިބެން ފަށައިފިއެވެ. ކަޅުއޮށްފުންމީގެފަހުލަވާނުންނަށް އެކަނި ޕޯޗްގީޒުން ބަލިކުރައްވާ މާލެ ނުހިފޭނެކަށް މުހައްމަދު ތަކުރުފާނަށް އެނގިވަޑައިގަތުމުން، ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަން ހޯދިއެވެ. އަލީރާޖާ ދެއްވި ހަނގުރާމަމަތީ ގުރާބާއި ލަޝްކަރެއް ގޮވައިގެން މާލެ ހިފަން އުތީމު ތިންބޭން މާލެ ވަޑައިގެންނެވި ރޭގެ އަނެއް ދުވަހަކީ، ކިރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު މަރައިލާނޭ ކަމަށް ޕޯޗްގީޒުން އިއުލާންކޮށްފައިވާ ދުވަހެވެ. އެއިރު މާލޭގައި ތިބި ހިތްވަރުގަދަ ބަޔަކު، ލިބެންހުރި ހަތިޔާރެއް އެއްކޮށް، ދީނަށްޓަކައި ޝަހީދުވާން ތައްޔާރުވަނީއެވެ. އެރޭ މުހައްމަދު ތަކުރުފާނުގެ އެކުވެރިން ޕޯޗްގީޒުންނާ ހަނގުރާމަކުރައްވާ އެންމެން މަރުއްވާލެއްވީ އެވެ. 15 އަހަރާއި 6 މަސްދުވަހު ޕޯޗްގީޒުން ރާއްޖޭގައި ހިންގި އަޅުވެތި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައެވެ.
މިތާރީޚީ ހާދިސާއަށް ހިޖުރީގޮތުން 460 އަހަރު މިއަދު ފުރޭއިރު، ދިވެހި ގައުމިއްޔަތުގެ ބިންގަލުގައިވަނީ ރެނދުލާފައެވެ. ދީނަށް ފުރައްސާރަކުރުމާއި، ލާދީނީވުން އާއްމުވެފައެވެ. ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި އިސްލާމްދީނުގެ ހުކުމްތަކާއި އުސޫލުތަކާއި ހަމަތައް ގެންގުޅުމާ އިދިކޮޅު ވެފައެވެ. އެތައް ވަސީލަތްތަކެއްގެ އެހީގައި މަކަރުވެރި ގޮތެއްގައި ދިވެހިން ލާދީނީ ކުރުމަށް ބަޔަކު ރެއާއި ދުވާލު ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ފަހަރު ސީދާ ފާޅުކަން ބޮޑު ގޮތެއްގައެވެ. އަނެއްބައި ފަހަރު އޮޅުވާލުންތަކެއްގެ ތެރެއިންނެވެ. މިއަދުމިވަނީ، މިފަދަ ކަންކަމާ މެދު ވިސްނައި ފިކުރު ކުރަން ޖެހިފައެވެ. މިފަދަ ކަންކަން ހުއްޓުވެން އޮތް ހުއްދަ މަގުތަކުން ހުއްޓުވަންވެސް މަސައްކަތް ކުރަން ޖެހިފައެވެ.
އުތީމުގައި ހުންނަ އުތީމު ގަނޑުވަރު، މިއީ ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ޢާއިލާ އެރަށުގައި ދިރިއުޅުއްވި ގެކޮޅު: ފޮޓޯ، މުހައްމަދު ޢަބުދުއްޞަމަދު[/caption]
މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. މިއަދު އަޅުގަނޑުމެން ފާހަގަ ކުރަނީ ބޮޑު ތަކުރުފާނު ނުވަތަ އައްސުލްތާނު މުހައްމަދު ތަކުރުފާނުލްއަޢުޒަމް ޕޯޗުގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވި ދުވަހެވެ. މިތާރީޚީ ހާދިސާ ހިނގީ 1 ރަބީޢުލްއައްވަލު 981 (2 ޖުލައި 1573)ގައެވެ.
އައްސުލްތާނު މުހައްމަދު ތަކުރުފާނުލްއަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ، އުތީމު ކަޅު ޢަލީ ޚަތީބު ތަކުރުފާނުގެ ހުސެއިން ޚަތީބު ތަކުރުފާނުގެ ދަރިކަލެކެވެ. މިރަދުންގެ މަންމާފުޅަކީ ހއ. އިހަވަންދޫ ކައްޕީނިތަކުރުފާނުގެ އާމިނާ ދިޔޯ އެވެ.
ޕޯޗުގީޒުން ދިވެހި ރާއްޖޭގެ ރަދުން 6 ވަނަ ޢަލީ ރަސްގެފާނު ޝަހީދުކޮށް، ދިވެހިރާއްޖެ ހިފިއެވެ. މިހިތާމަވެރި ހާދިސާ ހިނގީ ހިޖުރައިން 965 ވަނަ އަހަރު ޝަޢުބާން މަހުގެ 1 ވަނަ ދުވަހު އެވެ. އެއީ މީލާދީ ސަނަތުން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ ވެރިއަކަށްހުރި އަނދިރިއަނދިރިންގެ ނުބައިކަމާއި، ނުލަފާކަމާއި، އަނިޔާވެރިކަން ވަނީ ރާއްޖޭގެ އުތުރާއި ދެކުނަށް ފެތުރިފައެވެ.
ދިވެހި ޖައްވުވަނީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ކިލަނބުވެފައެވެ. ދިވެހި ކަނޑުތަކާއި، ކަނޑުއޮޅިތައްވަނީ ދިވެހިންގެ ލެއިން ރަތްވެފައެވެ. ދިވެހި ޖަޒީރާ ރަށްތަކުގައި، ޕޯޗުގީޒުން ދަނީ ދިވެހި އަންހެނުންގެ އިއްފަތްތެރިކަމަށް އަރާގަންނަމުންނެވެ. ދިވެހި ފިރިހެނުން މަރަމުންނެވެ. ދިވެހިންގެ ދީނަށް ފުރައްސާރަކޮށް މަލާމާތްކުރަމުންނެވެ. އިސްލާމްދީން ދެކެ ލޯބިވާ ދިވެހި ލޮބުވެތި މުސްލިމު އަހުންނާއި އުހުތުން މަރަމުންނެވެ. އެހެންކަމުން މުޅި ދިވެހިރާއްޖެދަނީ ޣައިރުދީނަށް އެނބުރެމުންނެވެ.
މިދަރަޖައަށް ރާއްޖޭގެ ކަންތައްތައް ގޮސްފައިވަނިކޮށް، ބޮޑުތަކުރުފާނާއި މި ތަކުރުފާނުގެ ބޭބޭފުޅު އަލިތަކުރުފާނާއި، ކޮއްކޯފުޅު ހަސަންތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުންނެވެ. ރާއްޖެއިން އިސްލާމީ ނޫރު ފުހެވިދާނެ ކަމަށް ބިރުފުޅު ގަތީމައެވެ. މާތްވެގެންވާ އިސްލާމްދީން ރާއްޖޭގައި އަލުން ގާއިމްކުރެއްވުމަށްޓައެވެ. ތިން ބޭފުޅުންގެ ލީޑަރަކަށް ހުންނެވީ ބޮޑުތަކުރުފާނު ނުވަތަ މުޙައްމަދު ތަކުރުފާނެވެ.
މިއަޒުމު ކަނޑައެޅުއްވުމަށްފަހު، އުތީމު ތިންބޭން އެބޭފުޅުންގެ އާއިލާގެ ބޭފުޅުން މަލިކަށް ގެންދެވުނެވެ. އެ ބޭފުޅުން މަލިކަށް ދަތުރުކުރެއްވީ "ކަޅުއޮށްފުންމި" ގައެވެ. މިއީ ހއ. ބާރަށުގައި ޕޯޗްގީޒުން ބަހައްޓާފައި ހުރި ވިޔަޒޯރުގެ އެހީގައި ބަންނަވާފައިވާ އޮޑިއެކެވެ.
"ކަޅުއޮށްފުންމީ" ގައި އުތީމު ތިންބޭން ، ޕޯޗްގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖޭ ސަލާމަތްކޮށް އިސްލާމްދީނަށް ނަސްރުދިނުމުގެ ޖިހާދުގެ ކަމަރު ބެންނެވިއެވެ. ރޭގަނޑުގެ އަދިރިއާއެކުގައި ރާއްޖޭގޭ އެތެއަށް ވަންނަވައި، ރަށްރަށުގައިވާ ޕޯޗްގީޒުންގެ މީހުން މަރުއްވައި، މީސްތަކުގެ ހިތްތަކުގައި އިސްލާމްދީނުގެ ރޫޙް އައުކުރައްވާ، ކެތްތެރިވެ، ހިތްވަރުގަދަ ކުރެއްވުމަށް ނަޞޭހަތްތެރިވިއެވެ. ފަތިސްވާއިރު ކަޅުއޮށްފުންމި ރާއްޖޭއިން ބޭރަށްގޮސް ވާނުވާ ތަނެއް ނުއެނގެއެވެ. މި ހަނގުރާމައިގެ ތެރޭގައި ޢަލީތަކުރުފާނު ޝަހީދުވެވަޑައިގަތެވެ. މުހައްމަދު ތަކުރުފާނާއި ހަސަންތަކުރުފާނު އިތުރު ހިތްވަރުފުޅާއެކު ، މަސައްކަތްކުރައްވާ ގައުމީ ޖިހާދު ވަރުގަދަ ކުރެއްވިއެވެ.
އުތީމު ތިންބޭން ޕޯޗްގީޒުންނާ ދިމާކޮށްލުމުގެ ސަބަބުން އެބައިމީހުން އެކަމަށްހޭލައި ހުޝިޔާރުވެ ތިބެން ފަށައިފިއެވެ. ކަޅުއޮށްފުންމީގެފަހުލަވާނުންނަށް އެކަނި ޕޯޗްގީޒުން ބަލިކުރައްވާ މާލެ ނުހިފޭނެކަށް މުހައްމަދު ތަކުރުފާނަށް އެނގިވަޑައިގަތުމުން، ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަން ހޯދިއެވެ. އަލީރާޖާ ދެއްވި ހަނގުރާމަމަތީ ގުރާބާއި ލަޝްކަރެއް ގޮވައިގެން މާލެ ހިފަން އުތީމު ތިންބޭން މާލެ ވަޑައިގެންނެވި ރޭގެ އަނެއް ދުވަހަކީ، ކިރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު މަރައިލާނޭ ކަމަށް ޕޯޗްގީޒުން އިއުލާންކޮށްފައިވާ ދުވަހެވެ. އެއިރު މާލޭގައި ތިބި ހިތްވަރުގަދަ ބަޔަކު، ލިބެންހުރި ހަތިޔާރެއް އެއްކޮށް، ދީނަށްޓަކައި ޝަހީދުވާން ތައްޔާރުވަނީއެވެ. އެރޭ މުހައްމަދު ތަކުރުފާނުގެ އެކުވެރިން ޕޯޗްގީޒުންނާ ހަނގުރާމަކުރައްވާ އެންމެން މަރުއްވާލެއްވީ އެވެ. 15 އަހަރާއި 6 މަސްދުވަހު ޕޯޗްގީޒުން ރާއްޖޭގައި ހިންގި އަޅުވެތި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައެވެ.
މިތާރީޚީ ހާދިސާއަށް ހިޖުރީގޮތުން 460 އަހަރު މިއަދު ފުރޭއިރު، ދިވެހި ގައުމިއްޔަތުގެ ބިންގަލުގައިވަނީ ރެނދުލާފައެވެ. ދީނަށް ފުރައްސާރަކުރުމާއި، ލާދީނީވުން އާއްމުވެފައެވެ. ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި އިސްލާމްދީނުގެ ހުކުމްތަކާއި އުސޫލުތަކާއި ހަމަތައް ގެންގުޅުމާ އިދިކޮޅު ވެފައެވެ. އެތައް ވަސީލަތްތަކެއްގެ އެހީގައި މަކަރުވެރި ގޮތެއްގައި ދިވެހިން ލާދީނީ ކުރުމަށް ބަޔަކު ރެއާއި ދުވާލު ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ފަހަރު ސީދާ ފާޅުކަން ބޮޑު ގޮތެއްގައެވެ. އަނެއްބައި ފަހަރު އޮޅުވާލުންތަކެއްގެ ތެރެއިންނެވެ. މިއަދުމިވަނީ، މިފަދަ ކަންކަމާ މެދު ވިސްނައި ފިކުރު ކުރަން ޖެހިފައެވެ. މިފަދަ ކަންކަން ހުއްޓުވެން އޮތް ހުއްދަ މަގުތަކުން ހުއްޓުވަންވެސް މަސައްކަތް ކުރަން ޖެހިފައެވެ. ގުޅުން ހުރެދާނެ ލިޔުން
ފުރަތަމަ ގައުމީ ދުވަސް ދެއްކެވީ ކޮންބޭފުޅެއް؟
18 - އޮކްޓޯބަރު - 2020
ރިޕޯޓް: ރޭގަނޑު އަލިކަމެއްނެތި ކަނޑުމަތީގައި، ކިރިޔަކިރިޔާ ސަލާމަތްވިއެތައް ހާދިސާތަކަކަށްފަހު މަރެއް!
31 - އޮކްޓޯބަރު - 2023
އާސިފްވެސް "އަނިޔާވެރި ވެރިކަން" ނިންމަން ނުކުމެއްޖެ!
4 - އޮގަސްޓު - 2018
ހަޤީޤީ ހާދިސާ: މެރުމަށް ތައްޔާރުކުރެވިފައިވާ މީހާ އެކަމުން ސަލާމަތްވިގޮތް
17 - އޭޕްރީލް - 2014
ހަޤީޤީ ހާދިސާ: ތިން ބިދޭސީން އަނިޔާވެރި ގޮތަކަށް ފާތުމަ މަރާލުން
12 - މާރިޗު - 2009
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ކުރީގެ ޗެމްޕިއަނުން މުބާރާތްފެށީ މޮޅަކުން
20 - ސެޕްޓެމްބަރު - 2026
މުހައްމާ ޕީއެންސީގެ ސެނެޓަށް އިންތިހާބުވެއްޖެ!
18 - ސެޕްޓެމްބަރު - 2026
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: މުބާރާތް ފަށާނީ ޖަންގަލް އަދި ބާރަލާ ބައްދަލުކުރާ މެޗުން
17 - ސެޕްޓެމްބަރު - 2026
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ޒަރޫރީ ސަބްސްކްރިޕްޝަންތަކަށްވެސް ލިމިޓެއް ކަނޑައަޅައި އީ-ކޮމާސް މުއާމަލާތްތައް އިތުރަށް ހަރުކަށިކޮށްފި!
13 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް