ޚަބަރު ކުޅިވަރު

ހާމިދުގެ ހެޓްރިކާއެކު ޕެރިސް އެފްސީ 4-0 ން ބަލިކޮށް، ކައުންސިލް ކަޕް ފުޓްސަލްގެ ޗެމްޕިއަންކަން 6 ވަނަ ފަހަރަށް އެންވީކޭ ހޯދައިފި!

ހާމިދުގެ ހެޓްރިކާއެކު ޕެރިސް އެފްސީ 4-0 ން ބަލިކޮށް، ކައުންސިލް ކަޕް ފުޓްސަލްގެ ޗެމްޕިއަންކަން 6 ވަނަ  ފަހަރަށް އެންވީކޭ ހޯދައިފި!
Advertisement Advertisement

އިހަވަންދޫ ކައުންސިލުން އިންތިޒާމުކޮށް، އިމަގު ޖަމިއްޔާއިން ހޯސްޓްކުރި "ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2026" ގެ ޗެމްޕިއަންކަން އެންވީކޭ ހޯދައިފިއެވެ. މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ޕެރިސް އެފްސީގެ މައްޗަށް އެންވީކޭއިން ކުރި ހޯދީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މުބާރާތުގެ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ސީދާ ޖާގައެއް ހޯދި އެންވީކޭ، ފައިނަލް މެޗުގައި ފެނުނީ  މޮޅު، ތަފާތު ކުޅުމަކާއެކުގައެވެ. ޕެރިސް އެފްސީން ވެސް ފައިނަލުގެ ޖާގަ ހޯދީ ސެމީ ފައިނަލް ކާމިޔާބުކޮށްގެން ވަރުގަދަ އަޒުމަކާއެކު ނަމަވެސް، ފައިނަލް މެޗުގެ ކޮންޓްރޯލް އަތުލައި، ގޯލުތައް ޖަހައި މެޗުގެ ނަތީޖާ އެއްކޮޅަށް އަނބުރާލީ އެންވީކޭގެ ކުޅުންތެރިންނެވެ.

ފައިނަލް މެޗުގައި އެންވީކޭގެ ފަރާތުން އެންމެ ވިދާލީ 3 ގޯލު ޖަހައި ހެޓްރިކް ހެދި އިބްރާހިމް ހާމިދެވެ. އޭނާގެ، ނުރައްކާތެރި ހަމަލާތަކާއެކު ޕެރިސް އެފްސީގެ ޑިފެންސަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވިއިރު، އެންވީކޭގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަހްމަދު ހަމީދެވެ. މި 4 ގޯލާއެކު އެންވީކޭއިން މެޗު ނިންމާލީ ޕެރިސް އެފްސީ ކޮޅަށް އެންމެ ގޯލެއް ވެސް ވަނަ ނުދީ، ވަރުގަދަ ޑިފެންސިވް އަދި އެޓޭކިންގ ޕާފޯމަންސެއް ދައްކަމުންނެވެ.

މިރޭގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވެސް ހޮވުނީ އެންވީކޭއަށް ހެޓްރިކް ހަދައިދިން އިބްރާހިމް ހާމިދެވެ. މުޅި މެޗުގައި އޭނާ ދެއްކި މޮޅު ކުޅުމާއި ޖެހި 3 ގޯލަކީ އެންވީކޭއަށް ތަށި ހޯދައިދިނުމުގައި ލިބުނު އެންމެ ބޮޑު އެއް ހިތްވަރެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް