ޘައުރު ހައްޖު އެންޑް އުމްރާ ގުރޫޕުން ޑިސެމްބަރު އަދި ރަމަޟާން މަހުގެ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފިއެވެ. މިގޮތުން، މި ދަތުރުތަކުގައި ބައިވެރިވެ، މާތްވެގެންވާ ހަރަމްފުޅުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހޯދަން ބޭނުންވާ ފަރާތްތަކަށް މިހާރު ރަޖިސްޓްރީ ވެވޭނެ އެވެ.
މި ފުރުސަތުގެ ތެރެއިން، ޖޫން 30 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ހިންގުމަށް ޘައުރު ހައްޖު އެންޑް އުމްރާ ގުރޫޕުން ވަނީ ނިންމާފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން، ޑިސެމްބަރު މަހުގެ 15 ދުވަހުގެ އުމްރާ ދަތުރު 25,500 ރުފިޔާއަށް ލިބޭނެ އެވެ. އަދި މުޅި ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް 42,500 ރުފިޔާއަށް ދަތުރު ކުރެވޭނެ އެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ ފަހު 15 ދުވަހާއި ޝައްވާލް މަހުގެ ހަ ރޯދަ ހިމެނޭ ދަތުރު 38,000 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
މީގެ އިތުރުން، ޑިސެމްބަރު އުމްރާއަށް ޖުލައި މަހުގެ ކުރިން އަދި ރަމަޟާން އުމްރާއަށް އޯގަސްޓް މަހުގެ ކުރިން ރަޖިސްޓްރީ ކުރާ ފަރާތްތަކަށްވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޘައުރު ހައްޖު އެންޑް އުމްރާގެ ހިދުމަތްތަކުގެ ތެރޭގައި ފަސް އުމްރާ ކުރުމުގެ ފުރުސަތު، ދެކޮޅު ޓިކެޓް، ސައުދީ ވިސާ، މައްކާ، މަދީނާ އަދި ޠާއިފް ޒިޔާރަތް، ދިވެހި ކެއުން، މައްކާ އަދި މަދީނާގައި ހުރުން، ފިރިހެން ބޭފުޅުންނަށް އިހުރާމް އަދި އަންހެން ބޭފުޅުންނަށް ބުރުގާ ބެޖް، ދަތުރު ކާޑު، ދަތުރާ ބެހޭ ލުއި ފޮތް އަދި ދަތުރުގެ ބައްދަލުވުން ހިމެނެ އެވެ.
އޭގެ އިތުރުން ޠާއިފް ދަތުރު ހިލޭ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ އިއުލާން ކޮށްފައެވެ. މި ދަތުރު ތަކާބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7948843 ނަންބަރާ ގުޅުމަށް އެކުންފުނިން އެދިފައިވެ އެވެ.