އާންމު ފަރާތެއް ކަމަށްވާ ހއ. އިހަވަންދޫ ރަންކޮކާގެ އަލްފާޟިލް މުޙައްމަދު ބަސީރު، އިހަވަންދޫގައި އިމާރާތް ކޮށްފައިވާ މިސްކިތެއް ނޮވެމްބަރ 2 ވާ ހުކުރު ދުވަހު ހުޅުވުމަށް ތައްޔާރީތައް ވަމުން އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި “މަސްޖިދުލް އަބޫބަކުރު ސިއްދީޤު ރަޟިޔަﷲ އަންޙް” ގެ ނަމުން ނަންދެވިފައިވާ މިމިސްކިތް ހުޅުވައި ދެއްވާނީ އިސްލާމިކު މިނިސްޓަރ އައްޝެއިޙް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
ދެޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ ގޮތަށް އިމާރަތް ކޮށްފައިވާ މިމިސްކިތް ހުންނަނީ ހަވީރީހިނގުމާއި ދަނބުރުއްމަގު ގުޅޭ ކަންމަތީގަ އެވެ.