އިހަވަންދޫގެ މުޅި ކޭބަލް ނެޓްވޯރކް ބަދަލުކުރުމަށް ބޭނުންވާ ކޭބަލް ގެނެސްފި
މުޙައްމަދު އަކުރަމް
20 - މޭ - 2022
ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަޅާފައިއޮތް ކޭބަލް ނެޓްވޯރކް ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އިހަވަންދޫއަށް ގެނެސް ރަށަށް އެތަކެތި ބޭލުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން މިއަދުވަނީ އެކަމަށް ބޭނުންވާ ލޯ ވޯލްޓޭޖް އަދި ހައި ވޯލްޓޭޖް ކޭބަލްގެ އިތުރުން އަލަށް އިންސްޓޯލް ކުރަންޖެހޭ ޕެނަލް ރަށަށް ގެނެސްފައެވެ. އިހަވަންދޫގެ ކޭބަލް ނެޓްވޯކް ބަދަލުކުރަނީ ރަށުގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ވޯލްޓޭޖް ޑޮރޮޕްވާ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގެ ބޭނުމުގައެވެ.
ފެނަކަ އިހަވަންދޫ ބުރާންޗުގެ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ސަމީރު ވިދާޅުވި މިމަސްރޫއުގެ ދަށުން ރަށުގެ މުޅި ކޭބަލް ނެޓްވޯކް ބަދަލުކުރާއިރު، އަލަށް ދޫކުރި 200 ގެވަޅު އޮތް ސަރަހައްދުގައި އައު ކޭބަލް ނެޓް ވޯކެއް އެޅިގެން ދާނެކަމުގައެވެ. ސަމީރު ވިދާޅުވީ ކޭބަލް ނެޓްވޯކް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ ޓެންޑަރިން މަރުހަލާ ނިމިފައިވާ ކަމަށާއި، ދެންއޮތީ ކުންފުންޏަކާއި ހަވާލުކޮށްގެން މަސައްކަތް ފެށުން ކަމަށެވެ. އެހެންކަމުން މަގުތަކުގައި ކޭބަލް އެޅުމުގެ މަސައްކަތް ފެށުން ލަސްނުވާނެކަމަގެ ޔަޤީންކަން އެބޭފުޅާ ދެއްވިއެވެ.
ފެނަކަ އިހަވަންދޫ ބުރާންޗްގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފަކު ވިދާޅުވީ، މިހާރު އަޅާފައި އޮތް ކޭބަލް ނެޓްވޯކް ބަދަލުނުކޮށް ކިތަންމެ ހައި ވޯލްޓޭޖް ޖެނަރޭޓަރެއް ބެހެއްޓިނަމަވެސް ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ހައްލުނުވާނެކަމަށެވެ. ވުމާއިއެކު ކޭބަލް ނެޓްވޯކް ބަދަލުކުރުމަކީ ޓޯޓަލް ސޮލިޔުޝަނަކަށް ވާނެކަމަށެވެ.
އިހަވަންދޫގެ ކޭބަލް ނެޓްވޯރކް ބަދަލުކޮށް އަޕް ގްރޭޑް ކުރުމަށް ފެނަކައިން ހިންގާ މަޝްރޫއުގެ ދަށުން ރަށުގެ އެކިސަރަހައްދު ތަކުގައި ޓްރާންސް ފޯމަރުތައް ބެހެއްޓުމަށް ހަމަޖެހިފައެވ. އެގޮތުން މިހާރުވަނީ ޓްރާންސް ފޯމަރު ބެހެއްޓުމަށް އިމާރާތްކުރަންޖެހޭ 3 ހަޓުގެ މަސައްކަތް ނިންމާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
ޖަނަރޭޓަރެއް ހަލާކުވެ އިހަވަންދޫގެ ގިނަ ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމުގެ ބިރުހީވެއްޖެ!
2 - ޖުލައި - 2025
އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށްފި
12 - ފެބްރުއަރީ - 2025
ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ
13 - މާރިޗު - 2024
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މާދަމާ، ކަރަންޓް ކަނޑަނީ
12 - ޖެނުއަރީ - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އަލަށްދޫކުރި ގޯތިތަކުގައި ނަރުދަމާ ބަހައްޓާނެ ލޮކޭޝަން 22 ޖުލައިގެ ކުރިން އެންގުމަށް އެދިއްޖެ
24 - ޖޫން - 2023
އެޗްވީ ކޭބަލަށް ގެއްލުންދީފި
16 - ފެބްރުއަރީ - 2023
ފަހަތުންއަރައި ޕޮލިސް ބަލިކޮށް ކައުންސިލް ސެމީއަށް
10 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް