ޖަނަރޭޓަރެއް ހަލާކުވެ އިހަވަންދޫގެ ގިނަ ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމުގެ ބިރުހީވެއްޖެ!
ހއ. އިހަވަންދޫ (ޖުލައި 2، 2025): ހއ. އިހަވަންދޫގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިހަވަންދޫ ބްރާންޗްގެ މައި ޖަނަރޭޓަރުތަކުގެ ތެރެއިން 1000 ކިލޯ ވޯޓްގެ ޖަނަރޭޓަރު ނަންބަރު 02 އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ރަށުގެ ގިނަ ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
ފެނަކަ އިހަވަންދޫ ބްރާންޗުން ނެރުނު އިޢުލާނެއްގައިވާ ގޮތުން، މިއަދުގެ ހެނދުނު 9:00 އިން ފެށިގެން، ޖަނަރޭޓަރު ނަންބަރު 02 އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައާ ގުޅިގެން މެއިންޓެނަންސް މަސައްކަތެއް ކުރަމުންދާތީ، ރަށުގެ އެކި ސަރަޙައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެއެވެ.
މުއައްތަބަރު މަސްދަރަކުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެ ޖަނަރޭޓަރުގެ ހެޑް ގާސްކެޓްވަނީ ފަޅައިގެން ގޮސްފައެވެ. އަދި މިހާރު ދަނީ އެ ޖަނަރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ޖަނަރޭޓަރު ނުހެދިއްޖެނަމަ، އިހަވަންދޫގެ 60% އަށް ވުރެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެކަމުގެ ނުރައްކާ އެބައޮތެވެ.
ފެނަކަ އިހަވަންދޫ ބްރާންޗުން ވަނީ މި ދަނޑިވަޅުގައި ކަރަންޓް ބޭނުންކުރާ މިންވަރު ވީހާވެސް މަދުކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އަދި ޖަނަރޭޓަރު ސެޓަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ބްރާންޗްގެ ފަންނީ މުވައްޒަފުން މިހާރުވެސް ދަނީ ކުރަމުންނެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ފެނަކަ އިހަވަންދޫ ބްރާންޗުން ނިހާޔަތަށް މާފަށް އެދިފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށްފި
12 - ފެބްރުއަރީ - 2025
ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ
13 - މާރިޗު - 2024
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މާދަމާ، ކަރަންޓް ކަނޑަނީ
12 - ޖެނުއަރީ - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އަލަށްދޫކުރި ގޯތިތަކުގައި ނަރުދަމާ ބަހައްޓާނެ ލޮކޭޝަން 22 ޖުލައިގެ ކުރިން އެންގުމަށް އެދިއްޖެ
24 - ޖޫން - 2023
އެޗްވީ ކޭބަލަށް ގެއްލުންދީފި
16 - ފެބްރުއަރީ - 2023
ފަހަތުންއަރައި ޕޮލިސް ބަލިކޮށް ކައުންސިލް ސެމީއަށް
10 - އޮކްޓޯބަރު - 2022
އައި.އެސް.އޭޑީ.އެޗް.ސީ ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ ފެށުން ރަނގަޅުކޮށްފި
9 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް