ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
ހއ. އިހަވަންދޫ ވައިޓްރޯސް މުޙައްމަދު ސަހުނީޒްގެ ދެ ކިޑްނީ ފެއިލްވެފައިވާތީ، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވުމުގެ ގޮތުން ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތައް ގުޅިގެން ފަންޑްރައިސިންގް އިވެންޓެން، 61،272.50ރ (ފަސްދޮޅަސް އެއްހާސް ދުއިސައްތަ ހަތްދިހަދެރުފިޔާ ފަންސާސްލާރި) ލިބިއްޖެއެވެ. އިއްޔަ ހަވީރު އަދި ރޭގަނޑު ކުރިޔަށް ގެންދިޔަ މިހަރަކާތަށްވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
އިއްޔަގެ ހަރަކާތުން ލިބުނު 61،272.50ރ، އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މިއަދުވަނީ ސަހުނީޒްގެ އާއިލާޔާ ހަވާލުކޮށްފައެވެ. ސަހުނީޒްގެ އާއިލާގެ އެދުމުގެމަތިން ކުރިޔަށް ގެންދިޔަ މިހަރަކާތުގައި އިހަވަންދޫ ކައުންސިލް، އިހަވަންދޫ ސްކޫލް، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އަދި ކުލަބް ޕޯލްސްޓަރ ބައިވެރިވެފައިވެއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އެފައިސާއަކީ އިއްޔަގެ އިވެންޓުން އެކަނި ލިބުނު ފައިސާ ކަމުގައެވެ. މީގެއިތުރުން އިހަވަންދޫގެ ފިހާރަތަކުގައި ބަހައްޓާފައިހުރި ފަންޑުފޮށިތައް މިމަސް ނިމެންދެން ބަހައްޓާފައި ހުންނާނެކަމަށް ވިދާޅުވިއެވެ.
އެހަރަކާތުގެ އިތުރުން އިހަވަންދޫގެ ބައެއް މުއައްސަސާތަކާއި ފުޓްބޯޅަ ޓީމްތަކުންވެސް ދަނީ ސަހުނީޒަށް އެހީތެރިވުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ފެނަކަ އިހަވަންދޫ ބްރާންޗްގެ ހުރިހާ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާކުރުމަށްވަނީ ނިންމާފައެވެ.
އުމުރުން 28 އަހަރުގެ ސަހުނީޒްގެ ދެ ކިޑްނީ ފެއިލް ވެފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ގަވާއިދުން ޑައިލަސިސް ހަދަން ޖެހެއެވެ. ޝަހުނީޒަށް އެހީތެރިކަން ދެއްވަން ބޭނުންވާ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވެސްގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓް 7704257870102 ނުވަތަ ދިވެހި ރުފިޔާ އެކައުންޓް 7704257870101 އަށް ފައިސާ ޖަމާކުރެވިދާނެއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ޝަހުނީޒްގެ ބައްޕަ އަލީ އިބްރާހިމް ގެ މޯބައިލް ނަންބަރު 7757021 އަށް ގުޅުމަށް އާއިލާއިން އެދެއެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
އިހަވަންދޫ ސުކޫލް
ކުލަބު ޕޯލްސްޓަރ
އިހަވަންދޫ ޕޮލިސް
ފެނަކަ އިހަވަންދޫ ބުރާންޗް
ގުޅުން ހުރެދާނެ ލިޔުން
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
ފަހަތުންއަރައި ޕޮލިސް ބަލިކޮށް ކައުންސިލް ސެމީއަށް
10 - އޮކްޓޯބަރު - 2022
އައި.އެސް.އޭޑީ.އެޗް.ސީ ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ ފެށުން ރަނގަޅުކޮށްފި
9 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2022 މާދަމާރޭ ފަށަނީ
7 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ
26 - ނޮވެމްބަރު - 2024
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް ފަސްކޮށްފި
15 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް