ރަމަޟާންމަސް (3)
(ހުކުރު ދުވަހުގެ ލިޔުމާ ގުޅޭ)
ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވިއެވެ. إِنَّ فِى الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُوْنَ يَوْمَ الْقِيَامَةِ لاَ يَدْخُلُ مَعَهُمْ أَحَدً غَيْرُهُمْ يُقَالُ أَيْنَ الصَّائِمُوْنَ فَيَدْخُلُوْنَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أَغْلِقْ فَلَمْ يَدُخُلْ مِنْهُ أَحَدٌ. رواه البخاري ومسلم މާނައީ: " ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއް ވެއެވެ. އެދޮރުކޮޅަށް އައްރައްޔާން އޭ ކިޔެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޅުން ރޯދަވެރިން ފިޔވައި އެހެން އެއްވެސް މީހަކު ނުވަންނަ ހުއްޓެވެ. ޤިޔާމަތްދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެމީހުން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންގެ ތެރެއިން އެންމެފަހު މީހާ ވަނުމުން އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ދެން އެކަކުވެސް އެދޮރުކޮޅުން ނުވަންނާނެއެވެ."
މި މަތިވެރި އަޅުކަން އެއްވެސްސަބަބެއްނެތި ދޫކޮށްލުމަކީ ވަރަށްބޮޑުވެގެންވާ ފާފައެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. مَنْ أَفْطَرَ يَوْمًا مِنْ رَمَضَانَ فِى غَيْرِ رُخْصَةٍ رَخَّصَهَا اللَّهُ لَهُ لَمْ يَقْضِ عَنْهُ صِيَامُ الدَّهْرِ كُلُّهُ وَإِنْ صَامَهُ. މާނައީ: "މާތްﷲ ދެއްވާފައިވާ ރުޚްޞާއަކާ ނުލައި (އެބަހީ: ޝަރުޢީ އުޛުރެއްނެތި) ރަމަޟާންމަހުގެ ރޯދައެއް ދޫކޮށްލައިފި މީހާ، މުޅި އުމުރު ރޯދަ ހިފިޔަސް އެރޯދައިގެ ޤަޟާއެއްކަމުގައި ނުވާނެއެވެ."
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި މަތިވެރި މަހަކީ، ކެއުމާއި، ބުއިމާއި، އަދި ކުޅިވަރުތަކުގައި ގެއްލުވާލަން އައިސްފައިވާ މަހެއްނޫނެވެ. މިކަންތައްތަކާއި ދުރުވެ މިމަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި ފާފަފުހެވިގެންދާ އަޅުންތަކެއްކަމުގައިވޭތޯ ގަދައަޅައި މަސައްކަތް ކުރަމާހިނގާށެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ، ثُمَّ انْسَلخَ قَبْلَ أَنْ يُغْفَرَ لَهُ. މާނައީ: "ރަމަޟާންމަސް އައިސް ނިމި ދާއިރު އެމީހެއްގެ ފާފަ ނުފުހެވިއްޖެ މީހަކަށް ގެއްލުމާއި ހަލާކު ހުއްޓެވެ."
ރަމަޟާން މަސް ފެއްޓިއްޖެކަން ސާބިތުވާނީ އެ މަހުގެ ހަނދު ފެނުމުން ނުވަތަ ޝަޢްބާން މަހުގެ ތިރިސް ދުވަސް ހަމަވުމުންނެވެ. ހަނދު ފެނުނު ނުވަތަ، ފެނިއްޖެކަން އިތުބާރު ހުރިގޮތަކަށް ކަބަރު ލިބޭ މީހާ ރޯދަ ހިފުން ވާޖިބުވެއެވެ. އަދި މީގައި ތަބާވާން މި ވަގުތު އޮތް އެންމެ މަސްލަހަތު ބޮޑު ގޮތަކީ، އެ މީހަކު ދިރިއުޅޭ ޤައުމެއްގެ މީހުންނަށް ތަބާވުމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. صُوْمُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ فَإنْ غُمَّ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلاَثِيْنَ يَوْمَا. رواه البخاري ومسلم މާނައީ: "ހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި ހަނދު ފެނުމުން ރޯދަ ދޫކޮށްލާށެވެ. އުޑުމަތި ސާފުނޫންނަމަ ޝައުބާންމަހުގެ 30 ހަމަކޮށް ރޯދަ ހިފާށެވެ."
-ނުނިމޭ-
ގުޅުން ހުރެދާނެ ލިޔުން
އުނބަށްޖަހައި، އިހަވަންދޫ ކައުންސިލުން ދަނޑުތައް އަލުން ދިއްލައިފި!
12 - މާރިޗު - 2026
މިމަހުގެ 27 ހުގައި އިހަވަންދޫގައި އިޙްޔާ ފޯރަމް ބާއްވަނީ!
11 - ފެބްރުއަރީ - 2026
ރޯދަމަހުގެ ފަހު 10 ގައި ދަނޑުތައް ނުދިއްލަން ހުށަހެޅި މައްސަލަޔަށް ތާއީދެއް ނުލިބުނު
23 - މާރިޗު - 2025
ޝެއިހް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމެއް ކުރިޔަށްގެންދަނީ
29 - ފެބްރުއަރީ - 2024
ރަމަޟާންމަހުގައި ކައު ސާހިބާ (محمدޞ.ޢ.ވ) އާދަވެ ކުރެއްވި ހަތް ކަންތައް
25 - މާރިޗު - 2023
ޝެއިހް ޢަލީ ޒާހިރުގެ ބޮޑު ދަރުސް މިރޭ
30 - އޭޕްރީލް - 2021
ރަމަޟާންމަސް: ރަމަޟާންމަސް ފައިދާހުރި ގޮތުގައިހޭދަކުރާނީ ކިހިނެއް؟
25 - އޭޕްރީލް - 2021
ރަމަޟާންމަސް (2)
16 - އޭޕްރީލް - 2021
ސީ.ޕީ.އެސް އިފްތާރ ދަޅުބަރި ފަށައިގެން ކުރިއަށްގެންދަނީ
16 - އޭޕްރީލް - 2021
ރަމަޟާން މަހަކީ ރަނުގެ ފުރުސަތެއް: ޚުތުބާ
16 - އޭޕްރީލް - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް