އުނބަށްޖަހައި، އިހަވަންދޫ ކައުންސިލުން ދަނޑުތައް އަލުން ދިއްލައިފި!
ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭގަނޑު ވަގުތުތަކުގައި ކުޅިވަރުކުޅޭ ދަނޑުތައް ނުދިއްލުމަށް އިހަވަންދޫ ކައުންސިލުން ކުރިން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، ރޭގެ ވަގުތެއްގައި ދަނޑުތައް އަލުން ދިއްލައިފިއެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއް ފެށުމާއެކު، އަޅުކަމަށް އިސްކަންދިނުމުގެ މަގުސަދުގައި އިހަވަންދޫ ކައުންސިލުން ވަނީ ކުޅިވަރު ދަނޑުތައް ނުދިއްލުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ. އެ ނިންމުމާ އެއްގޮތަށް ފަހު ދިހައެއް ފެށުނު ދުވަހުން ފެށިގެން ދަނޑުތައް ދިއްލުން ކައުންސިލުން އޮތީ ހުއްޓާލާފައެވެ.
ނަމަވެސް، ކައުންސިލްގެ މި ނިންމުމާ ގުޅިގެން ރަށުގެ ބައެއް ޒުވާނުންގެ ފަރާތުން ބޮޑެތި ޕްރެޝަރުތަކެއް ކައުންސިލަށް ކުރިމަތިވިއެވެ. މިކަމާ ގުޅިގެން، ދަނޑުތައް ނުދިއްލުމަށް ނިންމާފައިވާ ނިންމުން މުރާޖާކުރުމަށް އެދި ކައުންސިލަރުން ތިއްބަވާ މުއާސަލާތީ ގުރޫޕެއްގައި ކައުންސިލަރު އަހްމަދު ރިޞްވާން ވަނީ ޕޯލެއް ހުޅުވާފައެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އިހަވަންދޫ ކައުންސިލްގެ މެޖޯރިޓީން ނިންމާފައިވަނީ ދަނޑުތައް އަލުން ދިއްލުމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ދަނޑުތައް ދިއްލުމަށް ތާއީދުކޮށް އެ ޕޯލުގައި ވޯޓު ދެއްވީ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް، ކައުންސިލަރު ޝަނީޒާ، ކައުންސިލަރު ރިޞްވާން އަދި ކައުންސިލަރު ޝިފާޒާއެވެ.
ކައުންސިލަރު ރިޟްވާން މިނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ، ކައުންސިލް 7 މެންބަރުންނާ ފުޅާދާއިރާއެއްގަ މަޝްވަރާ ނުކޮށް ދަނޑު ނުދިއްލަން ނިންމައި ވަކި މެންބަރެއް ބޭނުންވާގޮތަށް އާންމު ކުރި ކުރުމީ މިފަދަ މުޖުތަމައެއްގަ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ކުރެވޭ ކަމެއް ގޮތުގަ ދެކޭ ކަމުގައެވެ. އަދި މެންބަރުންނާ މިފަދަ ކަންކަމުގަ ފުޅާ ދާއިރާއެއްގަ މަޝްވަރާ ކުރެވި ހިނގާނަމަ މިފަދަ ކަންކަން ތަކުރާރު ނުވާނެ ކަމުގައި ރިޟްވާން ވިދާޅުވިއެވެ. "އިސްލާމް ދީނަކީ ސިއްހަތަށް ސަމާލުކަން ދިނުމަށް ގޮވާލާ ދީން! އަޅުކަން ފުރިހަމަ ގޮތުގަ އަދާކުރެވޭނި ފުރިހަމަ ސިއްހަތެއްގަ ތިބެގެން!" ދަނޑުތައް ނުދިއްލުމަށް ނިންމާފައިވާ ނިންމުން މުރާޖާކުރުމަށް ޕޯލް ނެގި ސަބަބު ސާފުކޮށްދެއްވަމުން ރިޟްވާން ވިދާޅުވިއެވެ.
ކައުންސިލްގެ އަޣުލަބިއްޔަތުން މިގޮތަށް ނިންމުމާ ގުޅިގެން، ރޭގެ ވަގުތެއްގައި ވަނީ ދަނޑުތަކުގެ ލައިޓްތައް އަލުން ދިއްލައި، ކުޅިވަރު ކުޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިއީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ބަރަކާތްތެރި ވަގުތުތައް އަޅުކަމުގައި ހޭދަކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިން ނިންމި ނިންމުމެއް ނަމަވެސް، ބައެއް ޒުވާނުންގެ ޕްރެޝަރާއެކު އެ ނިންމުން މިވަނީ އުނބަށްޖަހާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ރޯދަމަހުގެ ފަހު 10 ގައި ދަނޑުތައް ނުދިއްލަން ހުށަހެޅި މައްސަލަޔަށް ތާއީދެއް ނުލިބުނު
23 - މާރިޗު - 2025
ޝެއިހް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމެއް ކުރިޔަށްގެންދަނީ
29 - ފެބްރުއަރީ - 2024
ވީ.އެސް.އައި ރޯދަ ހަރަކާތް 1442 ގެ ފުރަތަމަ ދަރުސް މާދަމާރޭ
14 - އޭޕްރީލް - 2021
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް