ރޯދަމަހުގެ ފަހު 10 ގައި ދަނޑުތައް ނުދިއްލަން ހުށަހެޅި މައްސަލަޔަށް ތާއީދެއް ނުލިބުނު
އަޅުކަމަށް އިސްކަން ދިނުމަށް ބާރު އެޅުމުގެ ގޮތުން، މިހިނގާ ރަމަޟާންމަހުގެ ފަހު 10 ގައި، އިހަވަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅޭ ދަނޑުތަކާއި ކޯޓްތައް ރޭގަނޑު ބަންދުކޮށް ނުދިއްލުމަށް ހުށަހެޅި މައްސަލަޔަށް ތާއީދު ކުރާނެ ކައުންސިލަރެއް ނެތުމުން ވޯޓަށް ނޭހުނެވެ. ކައުންސިލްގެ ބަންދަލުވުންތަކަށް އެޖެންޑާކުރާ ކަންކަމަށް ވޯޓަށް އަހަނީ އެކަމަށް ކައުންސިލަރެއް ތާއީދު ކުރުމުންނެވެ.
މިމައްސަލަ އެޖެންޑާ ކުރުމަށް ހުށަހަޅާފައިވަނީ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަންއެވެ. ޒާހިރު ހުށަހެޅި މިމައްސަލަ އެޖެންޑާ ކޮށްފައިވަނީ 19 މާރިޗް ގައި ބޭއްވި އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 189 ވަނަ އާއްމު ބައްދަލުވުމަށެވެ. އެބައްދަލުވުމުގައި، އަހަރީ ޗުއްޓީގައި ހުންނެވި ކައުންސިލަރު ޝަނީޒާގެ ފިޔަވާ ހުރިހާ ކައުންސިލަރުން ބައިވެރި ވެލެއްވިއެވެ.
ކައިންސިލަރު މުހައްމަދު ޒާހިރު ހަސަން ވިދާޅުވީ އަޅުކަމަށް އިސްކަން ދިނުމަށް ބާރު އެޅުމުގެ ގޮތުން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅޭ ދަނޑުތަކާއި ކޯޓްތައް ރޭގަނޑު ނުދިއްލުމަށް ހުށަހެޅީ ބައެއް ޝެއިހުންގެ އިރުޝާދުގެ މަތިން ކަމުގައެވެ. އަދި ހަމަ އެހެންމެ ދަނޑުތައް ހުންނަ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެކަމުގެ ދަތި އުނދުގޫވެ ޝަކުވާ ކުރާކަން ޒާހިރު ފާހަގަކުރެއްވިއެވެ. "ރޭގަނޑު ދަނޑު ދިއްލައި 12 ޖަހަންދެން ކުޅޭތީ އަޑު ގަދަވެގެންނާއި ދިމާވާ އުނދަގޫތަކުން ކާރި ބައެއް ގޭގޭ މީހުންނަށް ނިދަން އުނދަގޫވާތީ ޝަކުވާ ލިބޭ، އެގަޑީ ނުނިދޭނަމަ ރޭ އަޅުކަމަށް ހޭލަން އެފަރާތްތަކަށް ދަތިވާނެ" ޒާހިރު ތަފްސީލްކޮށް ދެއްވިއެވެ.
އިހަވަންދޫ ކައުންސިލުން މިހާރު ދިއްލަނީ 1 ދަނޑާއި 2 ވޮލީ ކޯޓެވެ. ފަހުން ހުޅުވި ހިންނަ ފުޓްސަލް ދަނޑުގައި ހުރި ލައިޓްތައް އަދި ނުދިއްލައެވެ.
ގުޅުން ހުރެދާނެ ލިޔުން
އުނބަށްޖަހައި، އިހަވަންދޫ ކައުންސިލުން ދަނޑުތައް އަލުން ދިއްލައިފި!
12 - މާރިޗު - 2026
ޝެއިހް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމެއް ކުރިޔަށްގެންދަނީ
29 - ފެބްރުއަރީ - 2024
ވީ.އެސް.އައި ރޯދަ ހަރަކާތް 1442 ގެ ފުރަތަމަ ދަރުސް މާދަމާރޭ
14 - އޭޕްރީލް - 2021
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ރަޟިއްޔާ އަދި ޝަހީރާ، މޯލްޑިވްސް އެކްސްޕޯ 2026 އިން ރަންވަނަތަކެއް ހޯދައިފި
26 - އޮކްޓޯބަރު - 2026
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު ހިންގާނެގޮތުގެ އުސޫލު ފާސްކޮށްފި
22 - އޮކްޓޯބަރު - 2026
އިހަވަންދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ލައިސަންސް ނެގުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮކްޓޯބަރު - 2026
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހއ އަތޮޅަށް ހުޅުވާލައިފި
20 - އޮކްޓޯބަރު - 2026
އަލަށް ގޯތިދިން ސަރަހަށްދާއި، ރަށް ވަށައިގެން މަގުބައްތި ޖަހަނީ!
1 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތި ތެރޭގައި މައިޒާނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
1 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް