ސަމްސަންގް އިން ފޯނު ސްކުރީންގެ ދަށުގައި ކެމެރާ އިންދަނީ
މިއައީ، ތިޔަ އިންތިޒާރުކުރާ ވަގުތެވެ. ފޯނުގެ ކުރިމަތީ ކެމެރާ ނުވަތަ ސެލްފީ ކެމެރާއަކީ، ފޯނުގެ މޫނުމަތީގައި އިންނަ ލައްގަނޑެއްފަދައެވެ. ވީކަޓު، ސީކަޓް، ޔޫކަޓް، ވޯޓަރޑްރޮޕް، ޕަންޗްހޯލް ފަދަ ރީތި ނަންނަން ކިޔާފައި ޑިސްޕްލޭއިން ތަންގަނޑެއް ކަނޑާނަގައިގެން ކުރިމަތީ ކެމެރާ އިންދާފައި އިނުމަކީ، އަދި ފޯނު އުފައްދާ ފަރާތްތަކުންނާ، ފޯނު ބޭނުންކުރާ ފަރާތްތަކުން އެންމެ ބޭނުންވާ ގޮތެއްނޫނެވެ. ފޯނުގެ ކެމެރާ ހިފާފައި އަނބުރާލައިގެން ކުރިމައްޗަށް ބަދަލުކުރުމާއި، ފޯނު ތެރޭގައި އިންދާފައި އިންނަ ކެމެރާއެއް، ކުއްލިއަކަށް ފުންމައިގެން މައްޗަށް އެރުމީވެސް، ކަޓްގޮތްގޮތްކަމުގައި ފޯނު ބޭނުންކުރާފަރާތްތަކުން ބުނެއެވެ.
މިކަމަށް ހައްލެއް ގެނެސް ފޯނުގެ ސްކްރީން ދަށުގައި ފޯނުގެ ކުރިމަތީ ކެމެރާ އިންދުމަކީ، މިކަމުގެ ހައްލުކަމުގައި ކުންފުނިތަކުން ގަބޫލުކުރެއެވެ. ފޯނު އުފައްދާ، އެތަންކުންފުންޏަކުން ފައްކާކުރުމަށް މަސައްކަތްކުރާ ޓެކްނޮލޮޖީއަކީވެސް އެއީއެވެ. މިކަމުގައި އަދި މިހާތަނަށް ކާމިޔާބުވެފައިވަނީ، އެންމެ ކުންފުންޏަކަށެވެ. މިހާތަނަށް، އަންޑަރ ޑިސްޕްލޭ ކެމެރާ ނުވަތަ ޔޫޑީ ކެމެރާ ހިމަނާފައިވަނީ، ޒެޑްޓީއީގެ އެޒޯން 20 ފޯނުގައެވެ. ނަމަވެސް، އާއްމުކޮށް، ފޯނުތަކުގެ ކުރިމަތީގައި ހަރުކޮށްފައިވާ ކެމެރާތަކަށްވުރެ މި ފޯނުގެ ކެމެރާއިން ނަގާ ފޮޓޯތަކުގެ ސާފުކަން ކުޑަކަމަށް، ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
މިހާހިސާބުން އޮތް އުފާވެރި ޚަބަރަކީ، މިކަމުގައި ވާދަކުރާ ކުންފުނިތަކުގެ ތެރެއިން، ސަމްސަންގް ކުންފުނިން އެކުންފުނީގެ ކާމިޔާބު ޓެކްނޮލޮޖީ ކަސްޓަމަރުންގެ އަތަށް ހަވާލުކުރަން ތައްޔާރުވެއްޖެކަމަށް ހާމަކުރި ޚަބަރެވެ. ސަމްސަންގް ކުންފުނީގެ ފައްޖަހާލެވޭ ފޯނުތަކުގެ އާއިލާކަމުގައިވާ ޒެޑް ފޯލްޑް ގެ ތިންވަނަ ފޯނު، 'ޒެޑް ފޯލްޑް 3' ގައި، ފޯނުގެ ކުރިމަތީ ކެމެރާ، ފޯނުގެ ޑިސްޕްލޭދަށަށްލާ ފޮރުވާނެކަމަށް ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ، މި ފޯނުގައި ހިމަނާ، މި ކެމެރާގެ ސާފުކަން މީގެ ކުރިން މި ޓެކްނޮލޮޖީ ބޭނުންކުރި ފޯނުތަކަށްވުރެ 40 އިންސައްތަ ސާފުވާނެކަމަށް ބުނެއެވެ. މިހާތަނަށް، އަންޑަރ ޑިސްޕްލޭ ކެމެރާ ނުވަތަ ޔޫޑީ ކެމެރާ ހިމަނާފައިވަނީ، ޒެޑްޓީއީގެ އެޒޯން 20 ފޯނުގައި ކަމަށްވެފައި ސަމްސަންގް އިން މިބަސް މި އަމާޒުކުރީ، މިފޯނަށްކަމާމެދުގައި ޝައްކެއްނެތެވެ.
16 މެގަޕިކްސެލްގެ ކުރިމަތީ ކެމެރާއެއް ހިމެނޭ، ސަމްސަންގް ގެ ޒެޑް ފޯލްޑް 3ގެ ހުރިހާ ޓެސްޓްތަކެއް ނިމި، އުފެއްދުމުގެ މަސައްކަތް އެކުންފުނިން ހަލުއިކަމާއެކުގައި މިހާޜުވަނީ ފަށާފައެވެ. މިހާރު ލަފާކުރެވޭގޮތުން، ޖުލައިމަހު ތެރޭ، މާރކެޓަށް މިފޯނު ނެރެވޭނެކަމަށް ބެލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިންވިޓޭޝަން ކަޕްގެ ހާއްސަ މަޤާމުތައް ރާއިފުގެ ކެމެރާއިން
6 - އޮގަސްޓު - 2019
ސަމްސަންގް ގެލެކްސީ އެސް 10، އައިރިސް ސްކޭނާރ ދޫކޮށް ފޭޝަލް ރިކޮގްނިޝަންއާ ދިމާއަށް؟
24 - ޖޫން - 2018
ނޮކިޔާ ލޫމިޔާ 1020 ޑީއެސްއެލްއާރު ކެމެރާޔަކާ އެއްވަރުތަ؟
29 - ޖުލައި - 2013
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ޒަރޫރީ ސަބްސްކްރިޕްޝަންތަކަށްވެސް ލިމިޓެއް ކަނޑައަޅައި އީ-ކޮމާސް މުއާމަލާތްތައް އިތުރަށް ހަރުކަށިކޮށްފި!
13 - ސެޕްޓެމްބަރު - 2026
ކައުންސިލް ކަޕް ވޮލީ މުބާރާތުގައި އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫއިން 5 ޓީމެއް ބައިވެރިވެއްޖެ!
12 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްޓަރު ޝިޔާމް
11 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ފޮޓޯ: އިހަވަންދޫ ސްކޫލްގެ އަހަރީ ޖަލްސާ 2026
8 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް ޢިޝާ އަދި ޝައިހާ ހޯދައިފި
6 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް