ހއ. އިހަވަންދޫ، އުސްހަކުރުގޭ މަރްޔަމް ޝަހީރާ އަދި ހއ. އިހަވަންދޫ، ނީރާ އާމިނަތު ރަޟިއްޔާ ދިވެހި އުފެއްދުންތެރި ކަމުގެ މައުރަޒު 2026 (މޯލްޑިވްސް އެކްސްޕޯ 2026) އިން ރަން ވަނަތަކެއް ހޯދައިފިއެވެ.
ޝަހީރާ ވަނީ ދެ ދާއިރާއަކުން 3 ވަނައެއް ހާސިލް ކޮށްފައެވެ. އިސްލާމިކް ކޮންޓެންޓު އޯޑިއޯ އެންޑު ވީޑިއޯ އުފެއްދުމުގެ ދާއިރާއިން ޝަހީރާގެ އުފެއްދުންތަކަށް 1 ވަނަ އަދި 2 ވަނަ އަދި ދެވަނަ ލިބިފައެވެ. މީގެ އިތުރުން އިސްލާމިކް ކޮންޓެންޓް އެންޑް ކުރިއޭޓިވް ޕްރޮޑަކްޝަން ދާއިރާއިން 2 ވަނަ ހާސިލް ކޮށްފައެވެ. ރަޟިއްޔާވަނީ ކުރިއޭޓިވް އާޓް އެންޑް ޑިޒައިން އޯޑިއޯ ކޮންޓެންޓް ކުރިއޭޝަންގެ ދާއިރާއިން އެއްވަނަ ހާސިލް ކޮށްފައެވެ. މީގެ އިތުރުން މިމައުރަޒުން ރަށު ކައުންސިލްތަކުގެ ދާއިރާއިން 3 ވަނަ ހާސިލްކޮށްފައިވަނީ އިހަވަންދޫ ކައުންސިލެވެ.
މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މިމައުރަޒުގައި 430 ފަރާތަކުން ބައިވެރިކުރި އުފެއްދުންތަކުގެ އަދަދު 4،400 އަށްވުރެ މައްޗަށްއަރައެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މިއަހަރުގެ މައުރަޒު ކުރިއަށްދަނީ "ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް" މި ޝިޢާރުގެ ދަށުންނެވެ. "މޯލްޑިވްސް އެކްސްޕޯ 2026"ގެ އެކި ދާއިރާތަކުން ވަނަތައް ހާސިލުކުރެއްވި ފަރާތްތައް އިޢުލާންކުރައްވާ، އިނާމުވެރީންނާއި އިނާމުތައް ޙަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދަވާފައިވަނީ މިމަހުގެ 24 ވީ ހޮނިހިރުދުވަހުގެރޭގައެވެ.
މި އެކްސްޕޯގައި އިހަވަންދޫއިން ބައިވެރިވި ފަރާތްތަކަށް އިހަވަންދޫ ކައުންސިލުންވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް