އެޕަލްގެ އައިޕެޑުގައި ވަޔަލެސް ޗާޖިން ހިމަނަނީ!
އެޕަލްގެ އައިޕެޑްތައް ވަރަށް ފުރިހަމައެވެ. ލޮލަށްފަސޭހަ ޑިސްޕްލޭއެވެ. އެހާމެ ތުންޏެވެ. މިފަހަރުގެ އައިޕެޑް ނެރޭއިރުވެސް އިތުރު ފުރިހަމަކަމެއް އެޕަލްއިން ގެންނާނެއެވެ. އެއީ ޔަޤީންކަމެކެވެ. މިފަހަރު އެންމެ ފަތުއަޑުކިޔާފައި ޓެކް ޚަބަރުތައް ގެނެސްދޭ ޕްލެޓްފޯމްތަކުގައި ދައްކާ ވާހަކައަކީ، އެޕަލްއިން މިފަހަރު ނެރުމަށް ތައްޔާރުވަމުންދާ އައިޕެޑް ޕްރޯގައި ވަޔަލެސް ޗާޖުކުރެވޭނެ ފީޗަރ ހިމަނާނެ ވާހަކައެވެ. މިއީ އާ ފީޗަރއެއް ނޫނެވެ. ވަރަށް ގިނަ ޑިވައިސްތައް ވަޔަލެސްކޮށް ޗާޖުކުރެވެއެވެ. ނަމަވެސް، އައިޕެޑުގައި އެފަދަ ފީޗަރއެއް ހިމަނާ މިއީ ފުރަތަމަ ފަހަރެވެ.
އައިޕެޑް ޕްރޯގެ މި ހާއްސަކަމާއެކުގައި ދެކެވޭ އަނެއްވާހަކައަކީ، އައިޕެޑް ޕްރޯގެ ފަހަތް މިފަހަރު ހުންނާނީ ބިއްލޫރިން ކަމުގައި ބުނެވޭ ދެކެވޭ ވާހަކައެވެ. އެޕަލްއިން އެލްމިނިޔަމް ބެކް ދޫކޮށްލަނީބާވައެވެ؟ ޚަބަރުތައް ގެނެސްދޭ އެމެރިކާގެ ބުލޫމްބަރގް އިން ބުނަނީ މިގޮތަށެވެ. އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްއިން 2022 ގައި ނެރެން ހަމަޖެހިފައިވާ އެމީހުންގެ އާ އުފެއްދުމެއްކަމުގައިވާ އައިޕެޑް ޕްރޯ އަދި އައިޕެޑް މިނީގައި ގްލާސްބެކް އާއި، ވަޔަލެސް ޗާޖިން ހިމެނޭނެއެވެ. އަދި ހަމައެހެންމެ އެންމެ ފަހުގެ 5ޖީ ނެޓްވޯކް ލިބޭނެ ޓެކްނޮލޮޖީވެސް ހިމަނާނެއެވެ.
އައިޕްޑްގައި ހިމަނާނެކަމަށްބުނެ ދެކެވޭ އަނެއް ހާއްސަ ފީޗަރއަކީ، މިހާރުގެ ގިނަ ފޯނުތަކެކޭ އެއްގޮތަށް، އައިޕެޑްގެ އަރިމަތީ އޮންނަ ހުސް ޖާގަ ކުޑަކުރުމެވެ. އަދި ހަމައެހެންމެ، އައިޕެޑްގެ ހޯމް ބަޓަން މިފަހަރު ނީންނާނެ ކަމުގައި ވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެޕަލްގެ އައިއޯއެސް 15، ވަރަށް އަވަހަށް ނިކުންނާނެ
8 - ޖޫން - 2021
ކެލާގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ޕްރޮކްސީ ގްރޫޕަށް
29 - އޮކްޓޯބަރު - 2026
ޝިފާއު، ރަމީޒް އަދި ޝާހިދު އެމްޑީޕީ ޤައުމީ މަޖްލިސް އިންތިހާބުގައި ވާދަކުރަނީ
29 - އޮކްޓޯބަރު - 2026
މޮޅަދޫ ސިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތްފެށުމަށް މަސައްކަތްކުރަނީ...
28 - އޮކްޓޯބަރު - 2026
ކައުންސިލް ކަޕްގައި ބައިވެރިވީ ހަ ޓީމް...
28 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ރަޟިއްޔާ އަދި ޝަހީރާ، މޯލްޑިވްސް އެކްސްޕޯ 2026 އިން ރަންވަނަތަކެއް ހޯދައިފި
26 - އޮކްޓޯބަރު - 2026
ހއ އަތޮޅު ސުކޫލްގެ އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ބިންތި އަލީ މަމްދޫހް
25 - އޮކްޓޯބަރު - 2026
ފިޝް ކަލެކްޝަން ފެސިލިޓީ ބަނދަރަށް ބޭނުންވާ ޝީޓްޕައިލް ގެނެސްފި
22 - އޮކްޓޯބަރު - 2026
ދިއްދޫގައި 30 ޓަނުގެ އައިސްޕްލާންޓާއް ހަދަން ބަޔަކާ ހަވާލުކޮށްފި
22 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް