"އަންހެނަކަށް ވީތީ މިކަމުގަ ފަސްޖެހެން ހިތަކަށްނާރަ" – ޠަހޫރާ

ފާތުމަތު ޝާއިރާ

5 ވަނަ އަހަރު މާލޭގައި ބޭއްވި ހަތް ވަނަ ޤައުމީ އަންހެން ވޮލީމުބަރާތުގައި ހއ. އިހަވަންދޫ ބައިވެރިވެ ހޯދި ކަމިޔާބީ އަދިވެސް ހަނދާން ހުންނަނީ އިއްޔެވީ ކަމެއް ހެންނެވެ. ސަބަބުތަކެއްނެތި އެއްނޫނެނެވެ.ރަށުގެ އެންމެހާ ރައްޔިތުން އެދުވަހު ތިބީ ޓީމަށް ސަޕޯޓް ދީ ޓީމާއެކު އެކަތިގަނޑަކަށްވެ އަތާއަތް ގުޅުވައިގެންނެވެ.ޙާއަސަކޮށް މާލޭގަ ދިރިއުޅޭރަށު މީހުންގެ ފަރާތުން އެދެއްކި ޖޯޝާއިފޯރި ފާހަގަ ކޮއްލެވެއެވެ.މާލޭގައި ދިރިއުޅޭ ކުދި ބޮޑު އެންމެން ޓީމަށް ސަޕޯޓުކުރުމަށް ޖަމާވިއެވެ. އެއީ އުފާވެރި މަންޒަރެކެވެ.މިފަހަރުގެ ހުނަރު ސެގްމެންޓްގެ މެހުމާނަކީ އެމުބާރާތުން އެދުވަހު މުޅި އިހަވަންދޫ ހެއްވާލި ރަންވަނަ ހޯދައި ރަށަށް ރީތިނަން ހޯދައިދެއްވި އަންހެން ކަނބަލެކެވެ. ޒުވާން ހުނަރުވެރި ވޮލީ ކުޅުންތެރިޔާ ހއ. އިހަވަންދޫ ޖަނަވަރީގެ ފާތިމަތު ޠަހޫރާއެވެ.އޭނާވަނީ ވޮލީކުޅުމުގެ ދާއިރާއިން ޤައުމީފެންވަރުގަަ އަތޮޅުފެންވަރުގަ އަދި ރަށުފެންވަރުގަ ބޭއްވުނު ވޮލީމުބާރަތް ތަކުން އިހަވަންދޫ ތަމްސިލުކޮށް ރަންވަނަތަކެއް ޙާސިލް ކޮއްފައެވެ.މިގޮތުން ޠަހޫރާވަނީ  2014، 2015 ،2016 މިތިން އަހަރުވެސް ޖެހިޖެހިގެން  ޕްރެސިޑެންޓް ކަޕް (ނޯތް ޒޯން)ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޚާސިލްކޮށް ކުލަބު ޕޯލްސްޓާރ އަށް ޕްރެސިޑެންޓް ކަޕްގެ ތަށި މިލްކު ކޮއްދީފަ އެވެ.

 ޠަހޫރާގެ އިތުރުން އެ ޢާއިލާގައި ހިމަނޭ އޭނަގެ އެއްބަނޑު އެއްބަފާ ދައްތަ ޝަފީޤާއާއި ކޮއްކޮ ޠޯހިރާއަކީވެސް ފާހަގަ ކޮއްލެވޭ ފަދަ ހުނަރުވެރި ދެ ކުޅުންތެރިން ނެވެ. ޠަހޫރާ އާއި އަޅުގަނޑު ކޮއްލި ސުވާލުތަކާއި އޭނާ ދީފައިވާ ޖަވާބުތައް ތިރީގައި މިވަނީ އެވެ.

1.  ވޮލީކުޅުމުގެދާއިރާއިން ވަރަށްގިނަ ކަމިޔާބީތަށް ލިބިފަތިވަނީ، ކިހިނެއް ވޮލީ ކުޅެންފެށުނީ؟

މިކަން ފެށުނުގޮތަކީ އަސްލު ރައްޓެހިންނާއެކު ހަވީރުގަޑީގަ ގޮސް ކުޅެންފެށީ.. އާއިލާ އެހާރުހޭ ކަމަކަށް ނުވާތީ ގޭމީހުންނަށްވެސް ނޭގި ކުޅެން ދަނީ…

2. ކީއްވެ ޢާއިލާއިން މިކަމާނުރުހެނީ؟

ރަށުގަހުރެގެން މިކޮޅުގަ ކުޅެން އޯކޭ.. ރަށުންބޭރަށް ކުޅެންދާން  ޖެހުނީމަ ޢާއިލާ އެހާހިތްހަމަނުޖެހޭ..އެކަމަކު ބޮޑެތި މުބާރާތްތަށް ރަށުގަ ކުޅެން ފުރުސަތެއް ނުލިބޭ..

3. ވޮލީިއަށް ޝަޢުޤު އުފެދުނު ކަންތައްތަކަކީ ކޮބާ؟

ރައްޓެހިންނާއެކު ގޮސް ކުޅެން ފެށިހިސާބުން ވަރަށް ބޮޑަށް ވޮލީއަށް ޝަޢުޤު އުފެދެންފެށީ..އެކުވެރިން ދިން ހިތްވަރުން ބޮޑަށް ޝަޢުޤު އުފެދުނީ..

4.މިހާތަނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސިއްރަކީ ކޮބާ؟

 އަޅުގަނޑު ޤަބޫލުކުރާގޮތުގަ އެއީ އަޚުލާޤު .. ރީތި  އަޚުލާޤަކީ ކޮންމެ ކަމެއްގަވެސް ކުރިއަރަން ވަރަށް މުހިއްމުކަމެއް..

5. އެންމެ މަޤުބޫލު ވޮލީކުޅުންތެރިއަކީ ކޮބާ؟

އެެއީ އަޅުގަނޑަށްވެސް އެކުޅުންތެރިޔަކާއެކު ކުޅުމުގެފުރުސަތުލިބުނު ތައިލެންޑުގެ ބުވާލީ ..

6. މިދާއިރާއިން ކުރިއަށްދިއުމަށްްދިމާވި ގޮންޖެހުންތަކަކީ ކޮބާ؟

ހަޤީޤާތުގަ ވޮލީމުބާރާތްތަށް ކުޅެލަން ލިބޭފުރުސަތު ވަރަށްމަދު .. ރަށުފެންވަރުގަ ބޭއްވޭ މުބާރާތެއްގަ ކުޅެލަން ޗާންސެއް މިލިބެނީ ..އަންހެންވޮލީ މުބާރާތް ތައް މާގިނައިންރަށުގަ ނޯވޭ..ދެން ފުރުސަތެއް ރަށުންބޭރުން ލިބުނަސް ޢާއިލާ ނުރުހޭތީ ދެވޭކަށްނޯވޭ..

7.މިހާތަނަނަށްު ވޮލީމުބާރާތް ތަކުގަ ކުޅުނީ ކޮންމަޤާމަކަށް؟

ސުޕައިކާރ އަކަށްކުޅެނީ..

8. ވޮލީކުޅުމުގެ ދާއިރާ އިން ލިބުނު ކަމިޔާބީ ތަކަކީކޮބާ؟

2015 ވަނައަހަރު ހއ. އިހަވަންދޫގައި ބޭއްވުނު މިނިވަން 50 އަންހެނުންގެ ވޮލީބޯލް މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭހިމެނުން، 2016  ވަނަ އަހަރު ހދ.ކުޅުދުއްފުށީގަ ބޭއްވުނު ހދ.އަތޮޅު އަންހެންގެ ވޮލީމުބަރާތުގެ އެންމެމޮޅު 6 ކުޅުންތެރިންގެ ތެރޭހިމެނުން ،2016ވަނައަހަރު ޑޭލައިޓް ކުލަބުގެފަރާތުން ބޭއްވި މުބާރާތުން އެންމެމޮޅު 6 ކުޅުންތެރިންގެ ތެރާގައި ހިމެނި އެ މުބާރާތުގެ ފަޙުރުވެރި އެއްވަނަހޯދާ މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ،

މީގެއތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 2015 ގަ ބޭއްވުނު ވުމެންސް ޑިވިޝަން 7 ވަނަ ޤައުމީ މުބާރާތުގެ ޑްރީމް ޓީމް ޕުލެޔާރ ގެމަގާމާއި ، ހަމަ އެ އެސޯސިއޭޝަންގެ ފަރާތުން ބޭއްވި ވީ އޭ އެމް ޕރެސިޑެންޓްސް ކަޕް (ނޯތް) ގެ ޑްރީމް ޓީމްޕުލެޔާރ ގެ މަގާމު 2015  އަދި 2016 ގަވެސްލިބުނު، އަދިހަމަ އެ މުބާރާތުންެ2015 ގެ  ބެސްޓް އޯލްރައުންޑަރ، ފެއާރ ޕުލެޔާރ ގެ މަގާމު، 2016 ވަނައަހަރު ހަވީރު އެވާރޑްއަށްވެސް ނަން ނޮމިނޭޓްވެފއިވޭ މީއަޅުގަނޑަށް ލިބިފައިވާ ފާހަގަ ކޮއްލެވޭ ކާމިޔަބީތަކަކީ..

9. މިހާރު ތިހުރިހިސާބަށް އައުމަށް އެހީތެރިވެ ސަޕޯޓް ލިބުނީ ކޮންބައެއްގެ ފަރާތުން ؟

އާއިލާ އާއި ރައްޓެހިން ގެ ފަރާތުން ވަރަށް ސަޕޯޓްލިބޭ، ދެން މުބާރާތްތަކަށް އަޅުގަނޑު ތަމްރީނު ކޮއްދޭ ކޯޗުންވެސް ވަރަށް ރަނގަޅު..

10. އަންހެންކުއްޖަކަށް ވީތީ އެއްވެސްފަހަރަކު މިދާއިރާއިން ކުރިއަށްދާން ފަސްޖެހުނުތަ؟

ވަކި އަންހެންކުއްޖަކަށް ވީތީ މިކަމުގަ ފަސްޖެހެން ހިތަކަށްނާރާ، ކުޅިވަރުކުޅުމަކީ ވަކި ޖިންސަކަށް ޙާއްސަކަމެއްނޫން ،ބޭނުންވަނީ ކެރުމާ،ހިއްވަރު އަދި ރިވެތި އަޙުލާގު..

11. އެންމެ މަޤުބޫލު ކޯޗުންނަކީ ކޮބާ؟

ރަށުން އަޙުމަދު ޢަބުދުއްސަމަދު ދެން މުޅިރާއްޖެއިން ބަލާނަމަ އަޙުމަދު ސޮފާން މިދެ ކޯޗުން

12. ޝުކުރު އަދާކޮއްލަން ބޭނުންވާ ފަރާތް ތަކަކީ ކޮބައި؟

ފުރަތަމަ ހެއްދެވިފަރާތައް ޝުކުރު ކުރަން ، އެއަށް ފަހު ފިރިމީހާ، މަންމަ ، ޢާއިލާއާއި ރައްޓެހިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން

އަޚުމަދު ޢަބުދުއްސަމަދު ނޫތަރިގެ( ވޮލީ ކޯޗް ) ޠާހިރާ ސިފަކުރަށް ވާ ގޮތް..

” ޠަހޫރާ އަކީ ހުނަރުވެރި މޮޅު އަދި ޓީމަށް ފައިދާހުރި ، ޓީމް މޮޅުކޮށް ދޭން ވަރަށް ހިތަވަރުކުރާ ކުޅުންތެރި އެއް ، ޠަހޫރާ ވަނީ އޭނާގެ ގަދަ ހިއްވަރާ މަސައްކަތުން ޖެހި ޖެހި ގެން 3 އަހަރ ޕްރެސިޑެންޓް ކަޕް (އުތުރު ޒޯން) ގެ ތަށި ހއ. އިހަވަންދޫ ކްލަބް ޕޯލް ސްޓާރ އަށް މިލްކު ކޮއްދީފަ ،އަޅުގަނޑު ޤަބޫލު ކުރާގޮތުގަ ޠަހޫރާ އަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން ގެ ތެރޭ ފައިތިލަ ސާބިތުކޮއްލުމުގެ ޤާބިލް ކަން ލިބިފައި އެބަހުރި “

 އެމީހުންގެ ހުނަރުގެ ފުރަތަމަ އަންހެން ބައިވެރިޔާގެ ވާހަކަތަކުން ވެސް ކިޔުން ތެރިން ޢިބުރަތެއް ޙާސިލްކޮށް ޠަހޫރާ ފަދައިން ރަށަށް ރީތިނަމެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ ރަށް ދެކެ ލޯބިވާ ބައެއް ކަމުގައި އަޅުގަނޑުމެން ވަމާ ހިނގާށެވެ. އެމީހުންގެ ހުނަރުގެ ފަރާތުން  ޠަހޫރާ އަށް އެދެނީ އިތުރު ކާމިޔާބީ އާއި  ދާއިރާ އިން ފަހި ފުރުސަތު ތަކެއް ލިބޭނެ ގޮތްތައް މެދުވެރި ވުމެވެ.

އެމީހުންގެ ހުނަރުގެ ކުރިއަށް ހުރި ތިން ސެގްމެންޓް ޚާއްސަ ކޮށްލަން ބޭނުން ވަނީ އަންހެން ބޭފުޅުން ނަށެވެ. ހުނަރުގެ ސެގްމެންޓްތައް ގެނެސް ދޭން ބޭނުން ވަނީ ހަމަ ހަމަ ކޮށް އެންމެނަށް ވެސް ފުރުސަތު ލިބޭނެ އުސޫލަކުން ނެވެ. މި ސްގްމެންޓް ތަކު ގައި އިންޓަވިއު ދޭން ބޭނުންވާ ފަރާތް ތަކަށް އެފުރުސަތު ހުޅުވިފައި ވާހަކަ ދަންނަވަމެވެ. އެމީހުން ގެ ހުނަރަށް ކިޔުންތެރިން ދެއްވާ ސަޕޯޓް ފާހަގަކޮށް ކިޔުންތެރިން ނަށް ވަރަބޮޑަށް  ޝުކުރުދަންނަވަމެވެ. ޚާއްސަކޮއް ސެގްމެންޓް ތައް ގެނެސް ދިނުމުގަ އެކި ގޮތް ގޮތުން އަޅުގަނޑަށް އެހީތެރި ވެދެއްވާ ފަރާތް ތަކަށް ޝުކުރު ދަންނަވަމެވެ.