ނޫރުލް ޤުރުއާން ކުލާހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި!

.

ދިރާސީ އައު އަހަރާއިއެކު އަލަށް ޤުރުއާން ކުލާހަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒްކޮށް، ނޫރުލް ޤުރުއާން ކުލާހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިފުރުސަތު ހުޅުވާލައިފައިވަނީ ޕްރީސްކޫލުން ފެށިގެން މަތީ އުމުރުފުރާތަކުގެ ކުދިންނަށެވެ.

ނޫރުލް ޤުރުއާން ކުލާހުގައި ކިޔަވާދެއްވަނީ، ޤުރުއާން ކިޔަވައިދިނުމުގެ 8 އަހަރުގެ ތަޖުރިބާހުރި ހާފިޒެއް ކަމަށްވާ ސައީދު ޢަބްދުލް ހަސީބެވެ. ނޫރުލް ޤުރުއާން ކުލާހުގެ ދަރިވަރުންނަށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތި ރާގަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭއިރު، ޙިފްޡު ކުލާސް، ބަލައިގެން ލިޔުވުމާއި ތަޖްވީދު މަޚްރަޖުއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށް ނޫރުލް ޤުރުއާން ކުލާހުން ބުނެއެވެ.

ނޫރުލް ޤުރުއާން ކުލާހުން ދަރިވަރެއްގެ އަތުން ނަގަނީ މަހަކު 350ރ ގެ ފީއެކެވެ. ނަމަވެސް އެއް އާއިލާއެއްގެ ދެކުދިން ކުލާހުގައި ބައިވެރިވާނަމަ ކޮންމެ ކުއްޖެއްގެ އަތުންވެސް ނަގާނީ 300ރ ކަމަށް ނޫރުލް ޤުރުއާން ކުލާހުން މައުލޫމާތުދެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 7928180 ނަންބަރު ފޯނަށް ގުޅުމަށް ނޫރުލް ޤުރުއާން ކުލާހުން އެދޭއިރު، މިލިންކްގައިވާ ގޫގަލް ފޯމް ފުރިހަމަ ކޮށްގެން ނޫރުލް ޤުރުއާން ކުލާހުގައި ބައިވެރިވެވޭނެއެވެ.