"ދަރުމަ" ޤުރުއާން ހަރަކާތް އިފްތިތާޙްކޮށްފި
ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ހަރަކާތް އިފްތިތާޙްކޮށްފިއެވެ. މިހަރަކާތް އިފްތިތާޙްކުރީ މިރޭ އެކަމަށް ހާއްސަކޮށްގެން އިހަވަންދޫ ސްކޫލުގައި ކުރިޔަށްގެންދިޔަ ޙަފްލާގައެވެ.
މިހަރަކާތަކީ އިހަވަންދޫ ހޯރަ އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތަކެވެ. މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން އިބްރާހިމް މޫސާ ވިދާޅުވީ "ދަރުމަ" އިގެ މިއަހަރު ފެށިގެންމިދާ ހަރަކާތަކީ އަދި ފެށުމެއްކަމަށާއި އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި މިހަރަކާތް މިއަށްވުރެ ފުރިހަމަކުރުމަށް މަސައްކަތް ކުރާނެކަމުގައެވެ. "ދަރުމަ" އިގެ ދަށުން މިއަހަރު އިހަވަންދޫގެ 60 ކުއްޖަކަށް ހިލޭ ޤުރުއާން ކިޔެވޭނެ މަގުވަނީ ހަމަޖައްސާފައެވެ. އިހަވަންދޫގައި ޤުރުއާން ކުލާސްހިންގާ ހަތަރު މުދައްރިސުންނަށް އެ 60 ކުދިންވަނީ ކޮންމެ މުދައްރިސަކަށް 15 ކުދިންގެ މަގުން ބަހާލާފައެވެ. އެ ހަތަރު މުދައްރިސުންނަކީ ހަލީމަތު ޖައުދާ، މަރިޔަމް އިބްރާހިމް، ޒުހައިރާ އަބުދުލް ވައްހާބު އަދި މަރިޔަމް އަޒީމާއެވެ. މިރޭގެ ހަފުލާގައިވަނީ މިއަހަރު މިހަރަކާތުގެ ދަށުންހިލޭ ޤުރުއާން ކިޔެވުމުގެ ފުރުސަތު ދީފައިވާ 60 ކުދިންގެ ނަމާއި އެކުދިންގެ މުދައްރިސުންގެ ނަން އިއުލާންކޮށްފައެވެ.
މިރޭގެ ހަފްލާގެ ޝަރަފުވެރި މެހެމާން، އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާސިލް އަޙްމަދު ރަޝީދުގެ ވާހަކާގައި ބޮޑަށް އަލިއަޅުއްވައިލެއްވީ ޤުރުއާނުގެ އިލްމު އުނގެނުމުގެ މުހިއްމުކަމުގެ މައްޗަށެވެ. އެގޮތުން އެހެން އިލްމުތައް ދަސްކޮށްދިނުމަށް ކުރާ މަސައްކަތަށްދޭ އަހަންމިއްޔަތަށްވުރެ އިތުރު އަހައްމިއްޔަތެއް ޤުރުއާނުގެ އިލްމް އުނގެނުމަށް ދިނުމަށް، ރަޝީދު އިރުޝާދުދެއްވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން މޮޅުވީ އިރުމަތީ އަވަށް...
2 - މޭ - 2026
އިހަވަންދޫގެ ދެ އަވަށުގެ ދެމެދުގައި މިއަދު މެޗެއް ކުޅެނީ...
1 - މޭ - 2026
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް