ޚަބަރު

އަޒުހަމް، މަފާޒު، ސިޔާމާ އަދި ޖުމާން އިހަވަންދޫ ދާއިރާގެ މަޤާމްތަކަށް ހޮވިއްޖެ

އަޒުހަމް، މަފާޒު، ސިޔާމާ އަދި ޖުމާން އިހަވަންދޫ ދާއިރާގެ މަޤާމްތަކަށް ހޮވިއްޖެ
Advertisement Advertisement

ކުރިޔަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ބައެއް މަޤާމްތަކަށް ވާދަކުރާ ކެނޑިޑޭޓުން އިންތިހާބަކާނުލާ ހޮވިއްޖެއެވެ. 

އިތުރުފަރާތެއް ވާދަނުކުރާތީ އިހަވަންދޫ ދާއިރާގެ ނައިބު ރައީސް، އިހަވަންދޫ ދާއިރާގެ ސެކްރެޓަރީ، އިހަވަންދޫ ދާއިރާގެ އަންހެން ސެކްރެޓަރީ އަދި އިހަވަންދޫ ދާއިރާގެ ޔޫތް ވިންގު ސެކްރެޓަރީ ގެ މަޤާމަށް ކުރިމަތިލި ފަރާތްތައްވަނީ އިންތިހާބަކާއިނުލާ ހޮވިފައެވެ. 

އިހަވަންދޫ ދާއިރާގެ ނައިބްރައީސްގެ މަޤާމަށް ހޮވުނީ، މުޙައްމަދު އަޒްހަމްއެވެ. މުޙައްމަދު މަފާޒް އިހަވަންދޫ ދާއިރާގެ ސެކްރެޓަރީއަށް ހޮވުނުއިރު، އިހަވަންދޫ ދާއިރާގެ އަންހެން ސެކްރެޓަރީއަަށް ހޮވުނީ ޢާއިޝަތު ސިޔާމާއެވެ. މީގެއިތުރުން އިހަވަންދޫ ދާއިރާގެ ޔޫތް ވިންގު ސެކްރެޓަރީއަށް ހޮވުނީ މުޙައްމަދު ޖުމާންއެވެ. 

އެހެންކަމުން އެއިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ހޮވާ މަޤާމްތަކުގެ ތެރެއިން އިންތިހާބެއް އޮންނާނީ އިހަވަންދޫއިން ޤައުމީ މަޖުލީހަށް އިންތިހާބުކުރާ މެމްބަރުންގެ މެދުގައެވެ. ދެ ފަރާތެއް އިންތިހާބުކުރާ އެމަޤާމަށް 3 ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ  އިހަވަންދޫ ބުލްބުލާގޭ މުހައްމަދު ޝިފާއު، އިހަވަންދޫ އެންދެރިމާގޭ އަލީ ރަމީޒް އަދި އިހަވަންދޫ ރަހްމާނިއްޔާ އަހްމަދު ޝާހިދުއެވެ. ޝިފާއުއަށް މިއިންތިހާބުގައި ކެނޑިޑޭޓް ނަންބަރު 1 ލިބިފައިވާއިރު، ކެނޑިޑޭޓް ނަންބަރު 2 އެއް ލިބިފައިވަނީ އަލީ ރަމީޒް އަށެވެ. އަދި ޝާހިދުއަށް ލިބިފައިވަނީ ކެނޑިޑޭޓް ނަންބަރު 3 ކެވެ.  

ކޮމެންޓް

އަދި ކޮމެންޓެއް ނެތް