މޮޅަދޫ ކައުންސިލުން އިސްނަގައިގެން މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ، ނޫރު މަދަހަ މުބާރާތުގެ ދެވަނަ ސީޒަނުގެ ގަދަ 12 ބައިވެރިން ހޮވައިފިއެވެ. މިމުބާރާތުގެ ފުރަތަމަ ރައުންޑްގެ ނަތީޖާ ފާޅުކޮށްފައިވަނީ ފުރަތަމަ ރައުންންޑު ނިންމުމުން ރޭ މޮޅަދޫ ސުކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި 12 ބައިވެރިންގެ މެދުގައި އޮންނަ ފައިނަލް ރައުންޑު އޮންނާނީ މިމަހުގެ 10 ވާ ހޯމަ ދުވަހުގެރޭ މޮޅަދޫ ސްކޫލްގައެވެ.
އެއްވަނަ ބައިވެރިޔާއަށް 5000ރ، ދެވަނަ ބައިވެރިޔާއަށް 2500ރ އަދި 3 ވަނަ ބައިވެރިޔާއަށް 1500ރ ގެ ފައިސާގެ އިނާމެއް ހުށަހަޅައިފައިވާ މިމުބާރާތުގައި މިއަހަރު 56 ބައިވެރިޔަކު ވާދަކުރެއެވެ. މިމުބާރާތް ކުރިޔަށް ގެންދަނީ 4 އުމުރުފުރަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ރައުންޑްގައި، ކޮންމެ އުމުރުފުރަޔަކުންވެސް އެންމެ މަތިން މާކުސް ލިބުނު 3 ބައިވެރިން އިއުލާންކުރިއެވެ. މިބާރާތުގެ 1 ވަނަ ދެވަނަ އަދި 3 ވަނަ ކަނޑައަޅާނީ، ކޮންމެ އުމުރުފުރަޔަކުންވެސް އެންމެ މޮޅު 3 ބައިވެރިން ފައިނަލް ބުރުގައި ވާދަކޮށް އެންމެ މަތިން މާކުސް ހޯދާ 3 ބައިވެރިންގެ ތެރެއިންނެވެ.
ނޫރު މަދަހަ މުބާރާތުގެ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ މިދިޔަ ރަމަޟާން މަހުއެވެ. ފުރިހަމަ އިންތިޒާމް ތަކަކާއިއެކު އަދި މޮޅަދޫގެ ރައްޔިތުންގެ ބޮޑު ތަރުހީބަކާއިއެކު ކުރިޔަށްދިޔަ އެމުބާރާތުން އެއްވަނަ ހޯދީ މޮޅަދޫ ބަގީޗާގެ ހަސަން ޝިޔާމްއެވެ. ޝިޔާމް ވަނީ މިއަހަރުގެ މުބާރާތުގެވެސް ފައިނަލް ރައުންޑަށް ދަތުރުކޮށްފައެވެ. މޮޅަދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މިއަހަރުގެ މުބާރާތުގެ ފައިނަލް ނައިޓްގައި ރާއްޖޭގެ ވަރަށް މަޝްހޫރު ފަރާތެއް ބައިވެރިވާނެއެވެ.
މިމުބާރާތުގެ ފައިނަލް ރައުންޑްގައި ވާދަކުރާނެ 12 ބައިވެރިން.
ނުވަ އަހަރުން ދަށުގެ އުފުރުފުރާ:
1 ވަނަ: އަޒާން އިބްރާހިމް / ތަރިވިދާގެ، ހއ. މޮޅަދޫ
2 ވަނަ: އީޝާ ބިންތި ހާމިދު / ފުނަ، ހއ. އިހަވަންދޫ
3 ވަނަ: ރަވާން އަހްމަދު ރައުފް / ކަނދުމާގެ، ހއ. ހޯރަފުށީ
ތޭރަ އަހަރުން ދަށުގެ އުފުރުފުރާ:
1 ވަނަ: ސާރާ އަހްމަދު ޖިނަހު / އަސްރަފީގެ، ހއ. މޮޅަދޫ
2 ވަނަ: މުހައްމަދު ޔޫޝައު ބިން އަހްމަދު / ބިއުޓީނައިޓް، ހއ. މޮޅަދޫ
3 ވަނަ: ޝަމްއާ ޝާހިދު / އަމަން، ހއ. ހޯރަފުށި
ސޯޅަ އަހަރުން ދަށުގެ އުފުރުފުރާ:
1 ވަނަ: ލޫތް އަވުދުﷲ ވަހީދު / ލުމިނަސް، ހއ. މޮޅަދޫ
2 ވަނަ: ލާރާ ބިންތި ރިފާއު / ހުވަނދުމާގެ ހއ. މޮޅަދޫ
3 ވަނަ: މަރިޔަމް ޒާރާ ރަމީރު / ތަރިވިދާގެ، ހއ. މޮޅަދޫ
ސޯޅަ އަހަރުން މަތީގެ އުފުރުފުރާ:
1 ވަނަ: ހައްވާ ޝިއުފާ ހުސައިން / ހާސިލް، ހއ. މޮޅަދޫ
2 ވަނަ: ހަސަން ޝިޔާމް / ބަގީޗާގެ، ހއ. މޮޅަދޫ
3 ވަނަ: މުހައްމަދު ނިޝާމް / ފިނިވާގެ، ހއ. މޮޅަދޫ