ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުގައި ހއ އަތޮޅު މަދަރުސާ އަދި އިހަވަންދޫ ސްކޫލު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
ކުޅުނު ދެމެޗުން އެއްވަރުވެ 2 ޕޮއިންޓާއެކު އަތޮޅު މަދަރުސާ އޮތީ ޕޮއިންޓް ޓޭބަލްގެ 3 ވަނައިގައެވެ. މިއަދު ގެ މެޗުން އެއްވަރުވުމުން އިހަވަންދޫ ސްކޫލަށްވަނީ 4 ޕޮއިންޓާއެކު ޕޮއިންޓް ޓޭބަލްގެ އެންމެކުރި ލިބިފައެވެ.
[caption id="attachment_4062" align="alignnone" width="600"]
ހައްމާދު (ވ). އަތޮޅު މަދަރުސާ ޓީމުގެ މެދުތެރެއިން މޮޅު ކުޅުކުޅުމެއް ދެއްކި. ފޮޓޯ: ލަޔާން އަޙްމަދު[/caption]
ހައްމާދު (ވ). އަތޮޅު މަދަރުސާ ޓީމުގެ މެދުތެރެއިން މޮޅު ކުޅުކުޅުމެއް ދެއްކި. ފޮޓޯ: ލަޔާން އަޙްމަދު
ހައްމާދު (ވ). އަތޮޅު މަދަރުސާ ޓީމުގެ މެދުތެރެއިން މޮޅު ކުޅުކުޅުމެއް ދެއްކި. ފޮޓޯ: ލަޔާން އަޙްމަދު[/caption]
ހައްމާދު (ވ). އަތޮޅު މަދަރުސާ ޓީމުގެ މެދުތެރެއިން މޮޅު ކުޅުކުޅުމެއް ދެއްކި. ފޮޓޯ: ލަޔާން އަޙްމަދުއިހަވަންދޫ ސްކޫލާއި ހއ އަތޮޅު މަދަރުސާ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަތޮޅު މަދަރުސާ ޓީމުގެ ޖާޒީ ނަމްބަރ 13، މުޙައްމަދު ޙައްމާދެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ 20:30 ގައި އިހަވަންދޫ ސްކޫލް ނިކުންނާނީ މާރަންދޫ ސްކޫލާ ދެކޮޅަށެވެ. އެމެޗުން ބަލިނުވެ ނިންމާލެވިއްޖެނަމަ އިހަވަންދޫ ސްކޫލަށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ. ހއ އަތޮޅު މަދަރުސާއަށް ފައިނަލުން ފުރުޞަތު ލިބޭނީ މިރޭގެ ދެވަނަ މެޗުގައި ހއ އަތޮޅު ތަޢުލީމީ މަރުކަޒު އަތުން މޮޅުވެގެންނެވެ.



