ހއ. އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން ކުރިޔަށް ގެންދިޔަ އިންޓަރ އޮފީސް ހޭންޑްބޯލް ޓޯރނަމެންޓް 2026 ގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފިއެވެ.
އިހަވަންދޫ ސްކޫލް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗްގައި އާރުޑީސީގެ މައްޗަށް 5-1 އިން ކުރި ހޯދައިގެންނެވެ. 6 ޓީމެއް ވާދަކުރި މިމުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މިމުބާރާތުގައި 6 ޓީމެއް ވާދަކުރިއެވެ. އެއީ އިހަވަންދޫ ކައުންސިލް، އިހަވަންދޫ ސްކޫލް، އާމިނާދިޔޯ ސިއްޙީމަރުކަޒު، ފެނަކަ، އާރުޑީސީ (އައި.އާރު.އާރު.ސީ) އަދި 10 އެންޓިޓީއެއްގެ މައްޗަށް އެކުލެވޭ ކޮމްބިނޭޝަން ޓީމެވެ. މިއީ އިހަވަންދޫ މުއައްސަސާތަކުގެ ކަނބަލުންގެ މެދުގައި މިގޮތަށް ކުރިޔަށް ގެންދިޔަ ވާދާވެރި ފުރަތަމަ މުބާރާތެވެ.
މުބާރާތުގެ މުހިއްމު ވަނަތައް
- ފެއަރޕްލޭ ޓީމް: ކޮމްބިނޭޝަން ޓީމް
- ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ: ސްކޫލް ޓީމްގެ އައިޝަތު ޝާމިލާ
- ރަނަރަޕް ޓީމް: އާރުޑީސީ
- މުބާރާތުގެ ޑްރީމް ޓީމް: އާރުޑީސީގެ ހަލީމަތު ނައުމާ، އާމިނާދިޔޯ ސިއްޙީ މަރުކަޒު ޓީމްގެ މަރިޔަމް ސޮފާ، ސްކޫލް ޓީމްގެ ރުގިއްޔަތު ސުވައިދާ، އާރުޑީސީގެ ފާތިމަތު ޝަރުމީލާ، ސްކޫލް ޓީމްގެ ޝަހުލާ މުހައްމަދު، ސްކޫލް ޓީމްގެ އައިޝަތު ޝާމިލާ އަދި ސްކޫލް ޓީމްގެ ސާދާ އައްބާސް އެވެ.
- އެންމެ މޮޅު ކޯޗް: ސްކޫލް ޓީމްގެ ކޯޗް، މުހައްމަދު ނަޝީދު
- އެންމެ މޮޅު ކުޅުންތެރިޔާ: ސްކޫލް ޓީމްގެ، ރުގިއްޔަތު ސުވައިދާ
ކޮމެންޓް
އަދި ކޮމެންޓެއް ނެތް