ޚަބަރު

ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ

ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ

އިހަވަންދޫ ސްކޫލްގެ އިސްވެރިންނާއިއެކު އިހަވަންދޫ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: އިހަވަންދޫ ކައުންސިލް

Advertisement Advertisement

މިހިނގާ 2026 ވަނަ އަހަރު، ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް ދިނުމަށް ނިންމާފައިވާ 200،000 (ދެ ލައްކަ) ރުފިޔާ ދޫކުރާނީ ކޮން  ހަރަކާތްތަކެއް ކަމަށް އިހަވަންދޫ ކައުންސިލުން ކަނޑައަޅައިފިއެވެ. މިކަން ކަނޑައެޅީ އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ އާންމު ޖަލްސާގެ އިއްތިފާގުންނެވެ.

އެގޮތުން އެފައިސާގެ 50% ނުވަތަ އެއްލައްކަ ރުފިޔާ ދޫކުރުމަށް ނިންމާފައިވަނީ ސްކޫލްގެ ވަސީލަތްތައް ޤާއިމް ކުރުމަށެވެ. ބާކީ އެއްލައްކަ ރުފިޔާ ދޫކުރުމަށް 4 ދާއިރާއެއް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. 

އެގޮތުން ސްކޫލުން ބައިވެރިވާ ޤައުމީ ލެވެލްގެ ކުޅިވަރު މުބާރާތްތަކަށް 20،000ރ، މުވައްޒަފުން ތަމްރީނުކުރުމަށް 10،000ރ، ސްކޫލްގެ އަހަރީ އިނާމު ދިނުމަށް 20،000ރ އަދި ދަރިވަރުންގެ އެކްސްޓަރާ ހަރަކާތްތަކަށް 50،000ރ ހަރަދުކުރަން ފެންނަކަމަށްވަނީ ނިންމައިފައެވެ. 


ނޯޓް:
އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާންމު ޖަލްސާގައި އިހަވަންދޫ ސްކޫލަށް ދިނުމަށް ނިންމާފައިވާ 100000ރ (އެއްލައްކަ) ރުފިޔާގެ ގްރާންޓްގެ %20، އިހަވަންދޫ ސްކޫލްގެ 2026 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވަނަ ހޯދި ދަރިވަރުންގެ އިނާމަށް ހާއްސަ ކުރުމަށް ނިންމުމުން، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ސޮބާހް ކަންބޮޑުވުން ފާޅުކުރެއްވީ، މިއަހަރު އިހަވަންދޫ ސްކޫލަށް ގްރާންޓްގެ ގޮތުގައި 200،000ރ ދިނުމަށް ހަތަރުވަނަ ދައުރުގެ ކައުންސިލުން ނިންމާފައިވާކަމަށް ވިދާޅުވެއެވެ. 
އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާންމު ޖަލްސާގެ ނިންމުމުގައި ތަފްސީލް ނެތުމުން ބެލެވުނީ 4 ވަނަ ދައުރުގެ ކައުންސިލުން ދިނުމަށް ނިންމި ދެ ލައްކަ ރުފިޔާ އެއް ލައްކަ ރުފިޔާއަށް ކުޑަކުރުމަށް ނިންމީކަމުގައެވެ. 

ގުޅުންހުރި ލިޔުން:

ކޮމެންޓް

އަދި ކޮމެންޓެއް ނެތް