ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ވުމަކާ ނުލާ މާލެއިން އަތޮޅުތަކަށް ވަރަށް އަވަހަށް ދަތުރުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ކޮވިޑްގެ ފުރަތަމަ ކޭސް މާލެ އިން ފެނި، ފުލް ލޮކްޑައުން އަކަށް ދިޔަތާ މިއަދަށް އެއް އަހަރުވުމާ ގުޅިގެން އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި އެކަން އިއުލާންކުރައްވަމުން ވިދާޅުވީ އެއްވެސް ހުރަހެއް ނެތި ދަތުރު ކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.
A year ago today, Malé city went into lockdown following its first positive Covid19 case.
As we wait for life to return to normal, I’m happy to announce that those who’ve had 2 weeks pass since their 2nd vaccine dose can soon travel freely to the atolls.
?@LiquefyMaldives pic.twitter.com/NADQxga27U
— Ibrahim Mohamed Solih (@ibusolih) April 15, 2021
“އަޅުގަނޑު މިއަދު ވަރަށް އުފަލާއިއެކު ދަންނަވާލަން ބޭނުންވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށް ދެހަފްތާ ފާއިތުވެފައިވާ ފަރާތްތަކަށް ކަރަންޓީން ވުމެއްނެތި ވަރަށް އަވަހަށް އަތޮޅުތަކަށް ދަތުރު ކުރެވޭނެ ވާހަކަ.” ރައީސް ވިދާޅުވިއެވެ.
ދެވަނަ ޑޯޒް ޖެހުމަށް ފަހު ކަރަންޓީން ނުވެ ރަށްރަށަށް ދަތުރު ކުރެވޭނެ ކަން މީގެ ކުރިން ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު އެ ހުއްދަ ދެނީ ކޮން ދުވަހަކުން ފެށިގެން ކަން އަދި ކަނޑައެއް ނާޅަ އެވެ. މާލެ އިން ރަށްރަށަށް މިހާރު ދާ ނަމަ 10 ދުވަހުގެ ކަރަންޓީނެއްގައި ތިބެން ޖެހެ އެވެ.