އަޟްޙާ ޢީދާ ދިމާކޮށް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށް ގެންދިޔަ ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 3 ވަނަ ފަހަރަށް އިރާމާ ޓީމުން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ކްލަބް އިރަމާ ހޯދީ ފައިނަލް މެޗް އާރުޑީސީއާ ވާދަކޮށް ދެ ދެމުމުން މެޗް ކާމިޔާބުކޮށްގެންނެވެ. މިދިޔަ ދެ އަހަރު ބޭއްވި ވައުދެމުމުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީވެސް ކްލަބް އިރަމާއެވެ.
4 ޓީމް ބައިވެރިވި މިމުބާރާތުގެ ޗެމްޕިއަންކަން ޓީމް އިރަމާ ހޯދީ ވާދަކުރި ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމް ކްލަބް އިރަމާއަށް 7000ރ ގެ އިނާމެއް ދީފައިވާއިރު ދެވަނަ ޓީމް އާރުޑީސީއަށް 3000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. އެހެން އަހަރުތަކުގައި ވައު ދެމުމުގެ މުބާރާތުގެ ކިންގް ހޮވިނަމަވެސް މިއަހަރުގެ މުބާރާތުގެ ކިންގް އެއް ނުހޮވައެވެ.