މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުންގެ މެދުގައި އޮތް އިޖުތިމާޢީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގަމުންދާ އައި. ކްލަބުގެ ވަންޑޭ ކަޕް މާދަމާ އޮންނާނެއެވެ. މިމުބާރާތުގެ ކުޅުން ފާށާނީ މާދަމާ ހެނދުނު 6:00 ގައި ހުޅުމާލެ ރެހެންދި ޓާރފް ދަނޑުގައެވެ.
އައި ކްލަބްގެ ރައީސް ޝިހާން މައުލޫމާތު ދެއްވިގޮތުގައި، މިއަހަރުގެ މުބާރާތުގައި 8 ޓީމެއް ބައިވެރިވާއިރު، ޗެމްޕިއަން ޓީމަށް 5000ރ އަދި ރަނަރަޕް ޓީމަށް 2000ރ ގެ ފައިސާގެ އިނާމެއް ދޭނެއެވެ. އަދި މިމުބާރާތަށް ގާތްގަނޑަކަށް 16 އަހަރުވެފައިވާއިރު، މުމުބާރާތް ހަގީގަތަކަށް ހައްދަވައިދެއްވުމުގައި މުހިއްމު ދައުރެއް އަދާކުރާ، ސްޕޮންސަރުންނަށް ޝިހާން ޝުކުރު ދެންނެވިއެވެ.
މިއަހަރުގެ އައިކްލަބްގެ ވަންޑޭ ކަޕްގައި ވާދަކުރަނީ ސެންސިޓީ، ފޯ އޮފް އަސް، ކްލަބް އޭކޭއެޗް، ވީ ވަން، މިސްކިއްމަގު، އެންވީކޭ، އެންވީކޭ ސްޓަރސް އަދި ޑީއޭ ސްޕޯރޓްސް އެވެ. މިދިޔަ އަހަރާއި މިއަހަރު އައި. ކްލަބުން މިމުބާރާތް ބާއްވަނީ ސާކާއި ގުޅިގެންނެވެ.