ޚަބަރު

އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިފި

އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިފި
Advertisement Advertisement

ހއ. އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިހަވަންދޫގައި އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ ރައީސުލްޖުމުހުރިއްޔާ އަލްފާޟިލް އިބުރާހިމް މުޙައްމަދު ސޯލިހު އަޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމުހުރިއްޔާ އިބުރާހިމް މުޙައްމަދު ސޯލިހު އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ އަޅުއްވާދެއްވާފައި ވަނީ އެމަނިކުފާނު މިއަދު އިހަވަންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އާމިނާދިޔޯ ސިއްހީމަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒު ހަސްފަތާލަކަށް ބަދަލުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އިހަވަންދޫއަށް ވެލައްވާފައިވާ ވަޢުދެކެވެ. އަދި 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސް އައިޕީގެ ދަށުން ސިއްހީމަރުކަޒު ހަސްފަތާލަކަށް ބަދަލުކުރުމުގެ މަޝްރޫޢު ހިމަނާފައިވާކަން ފާހަގަ ކުރެވެއެވެ. މިކަމަށްޓަކައި ބަޖެޓުން މިއަހަރަށް ކަނޑައަޅާފައި ވަނީ 2 މިލިއަން ރުފިޔާއެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް