އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކުރީ އެކަމަށް އެކަށީގެންވާ ކޮންޓްރެކްޓަރަކާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެވެ. ރައީސް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ހއ. އާއި ހދ.ގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަސައްކަތް ހަވާލުކޮށްފައިވަނީ އެކަމަށް އެކަށީގެންވާ ބަޔަކަށް ކަމަށާ، އެބޭފުޅާ ޔަޤީންކުރައްވާ ގޮތުގައި އެމަސައްކަތް ފަށާގޮތަށް ނިންމާލާނެކަމަށެވެ. ރައީސްގެ ވާހަކާގައި އިހަވަންދޫއަށް ހޮސްޕިޓަލެއް މުހިއްމުވާ ސަބަބުވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އިހަވަންދޫއަކީ އާބާދީ ބޮޑުރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިހަވަންދޫގެ އާބާދީގެ ބޮޑުބައެއް ރަށުގައި ދިރިއުޅޭކަމުގައެވެ. އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. 123.3 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކުރި މިމަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫޢުގެ ފައިނޭންސަރ އަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. 30 އެނދުގެ މިހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ ފުޅާ ދާއިރާއެއްގައި އިންފްރާސްޓަރަކްޗަރ ޕްރޮޖެކްޓްތައް ހިންގަމުންދާ ކުންފުންޏެކެވެ.
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރީ އެކަމަށް އެކަށީގެންވާ ކޮންޓްރެކްޓަރަކާ – ރައީސް
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތްފަށަނީ
25 - ފެބްރުއަރީ - 2024
ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އުފަލުގައި މިރޭ ހަވާއަރުވަނީ
30 - އޮގަސްޓު - 2023
އިހަވަންދޫ ހޮސްޕިޓަލް އަޅަން ޑުޕްލެކްސްއާ ހަވާލުކޮށްފި
16 - ޖެނުއަރީ - 2023
އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިފި
31 - މާރިޗު - 2019
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް