ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!

މުހައްމަދު މައުޒު

ހއ. އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްދާ، އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 ގެ ފައިނަލްގެ ދެވަނަ ޖާގަ، އެންވީކޭ ޓީމުން ކަށަވަރުކޮށްފިއެވެ. އެޓީމް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި 3-2 ސެޓް އިން ޖަންގަލް ޓީމްގެ މައްޗަށް ވާދަވެރި ކުޅުމަކަށްފަހު ކުރި ހޯދައިގެންނެވެ. މި ދެ ޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗުން  3-2 ސެޓުން މޮޅުވީ ކަންގަލް އެވެ.

މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ “ޔުނައިޓެޑް ޔޫތް” އެވެ. އެޓީމް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް ސްޓޭޖްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

ފައިނަލް މެޗް ކުޅޭނީ މިރޭ 20:15 ގައި ހުރަވީ އައުޓްޑޯރ ވޮލީ ކޯޓުގައެވެ. މިއީ އިހަވަންދޫ ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.

މިދިޔަ އަހަރު، އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ކައުންސިލް ކަޕް ވޮލީ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ “ކުޅިމަގު” ޓީމެވެ. ނަމަވެސް، އެޓީމް މި އަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.