ކުޑަކަތީބު މަގު ޓީމުން ތަށި ދިފާއުކޮށްފި!

މުހައްމަދު މައުޒު

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2025، ގެ ޗެމްޕިއަންކަން ކުޑަކަތީބު މަގު ޓީމް ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން އެޓީމް ހޯދީ ރޭ އިހަވަންދޫ ހުރަވީ އަޓްޑޯރ ވޮލީ ކޯޓްގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި 3-1 ސެޓުން ބޮޑުމަގު ޓީމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޑަކަތީބު މަގު ޓީމްގެ ޖާޒީ ނަންބަރު 10، އާމިނަތު ޝާހާ ޝާމިންއެވެ. މިއީ އެޓީމް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމް ކުޑަކަތީބު މަގަށް 30،000ރ ގެ ފައިސާގެ އިނާމު ދީފައިވާއިރު، ދެވަނައަށްދިޔަ ބޮޑުމަގަށްވަނީ 10،000ރ ގެ ފައިސާގެ އިނާމު ދީފައެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޑަކަތީބު މަގު ޓީމްގެ ޖާޒީ ނަންބަރު 10، އާމިނަތު ޝާހާ ޝާމިންއެވެ.