ހއ. ދިއްދޫ އަދި ހއ. މުރައިދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަނުން ކުރިޔަށް ގެންދާ މިމަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިމަހުގެ 5 ވަނަދުވަހު ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުالله ރާފިއުއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން މައުލޫމާތު ދެއްވި ގޮތުގައި މުރައިދޫ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރީ 1.74 މިލިއަން ރުފިޔާގެ އަގަކަށް 120 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. ދިއްދޫ ފުޓްސަލް ދަނޑު ތަރައްޤީކުރަން ހަވާލުކުރީވެސް 1.74 މިލިއަން ރުފިޔާގެ އަގަކަށް 120 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.