ހއ. އުލިގަން އަދި ހއ. ހޯރަފުށީގައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަނުން މަޝްރޫޢުތަކެއް ހިންގަން ސޮއެކޮށްފިއެވެ. މިއަދު ސޮއެކޮށްފައިވަނީ އުލިގަމުގައި ފުޓްސަލް ދަނޑެއް އަދި ހޯރަފުށީގައި ފުޓްސަލް ދަނޑަކާއި ހޭންޑް ބޯލް ކޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.
މި ދެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ 3 މަޝްރޫޢުވެސް ހަވާލުކޮށްފައިވަނީ ޒެބޮކް ކިޔާ ވިޔަފާރިޔަކާއެވެ. މިއަދު ސޮއެކުރި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙާއްމަދު ފަޔާޟް. އަދި ޒެބޮކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން މުއާން.
މިމަހުގެ 5 ވަނަ ދުވަހު ހއ އަތޮޅުގެ 3 ރަށެއްގައި 4 މަޝްރޫޢުއެއް ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަނުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވެއެވެ. އެއީ ހއ. މުރައިދޫ އަދި ދިއްދޫގައި ފުޓްސަލް ދަނޑެއް ތަރައްޤީ ކުރުމަށާއި، ހއ. މޮޅަދޫގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީ ކުރުމަށެވެ.