ހއ. އަތޮޅު ކައުންސިލުން ބޭއްވި “ތިލައުތުރު އެވޯޑް 2025” ގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ކެޓަގަރީން އެއްވަނަ ހއ. މޮޅަދޫ ކައުންސިލުން ހާސިލުކޮށްފިއެވެ. ރޭ ހއ ދިއްދޫގައި ކުރިޔަށް ގެންދިޔަ ތިލައުތުރު އެވޯޑް ނައިޓް ޝަރަފްވެރި ކޮށްދެއްވީ، ކުރީގެ ރައީސް ޔާމީން އަބުދުލް ގައްޔޫމްއެވެ.
“ތިލައުތުރު އެވޯޑް 2025” ގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ކެޓަގަރީން މޮޅަދޫ ކައުންސިލް އެއްވަނަ ހޯދިއިރު، ދެވަނަ ހޯދާފައިވަނީ ބާރަށު ކައުންސިލުންނެވެ. އަދި ތިންވަނައަށް ދިޔައީ އިހަވަންދޫ ކައުންސިލެވެ.
މި އަހަރުގެ ތިލައުތުރު އެވޯޑްތައް ޖުމްލަ ހަ ދާއިރާއަކުން ދެވިފައިވެއެވެ. ތިލައުތުރު އެވޯޑަކީ ހއ. އަތޮޅަށް އެކި ދާއިރާތަކުން ފާހަގަކުރެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ފަރާތްތަކާއި، ތަފާތު ފަންނުތަކުން ޚާއްޞަ ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކާއި، އަތޮޅުގެ ތަޢުލީމީ މުއައްސަސާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓާއި، އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ކްލަބް ޖަމްޢިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ޚާއްޞަ އެވޯޑެކެވެ.
ތިލަ އުތުރު ހާއްސަ އެވޯޑް
- އައިމިނަތު ނަސްރަތު / އަލިދޯދި، ހއ. އިހަވަންދޫ (ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުން ކީސްޓޭޖް 5 އިން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ)
- ޢާއިޝަތު ރީޝް ނަސީމް / ވައްޓަރު، ހއ. ދިއްދޫ (ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުން ކީސްޓޭޖް 2 އިން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ)
- ޔޫސުފް ޒާން ބިން މުހައްމަދު / ޝެހެނާއީ، ހއ. ދިއްދޫ (ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުން ފައުންޑޭޝަން ސްޓޭޖް އިން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ)
- ސަމް ސަމް ޢަބްދުﷲ އާދަމް / ސޯސަންގެ، ހއ. މާރަންދޫ (ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުން ފައުންޑޭޝަން ސްޓޭޖް އިން ނުބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ)
- ހުސައިން ޔަމާން ޢަޒީމް / ވ. ފަޒީލާމަންޒިލް، މާލެ (ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ކީސްޓޭޖް 3 އިން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ)
- އީފާ އިމާދު ޢަބްދުﷲ . ހިޔާވަހި، ހއ. އުލިގަން (ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ފައުންޑޭޝަން ސްޓޭޖްއިން އިން ނުބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ)
- ފާތިމަތު ސައިހާ ޢަބްދުއްސައްތާރު / ޖަހާމުގުރިގެ ހއ. އިހަވަންދޫ (2023-2022 ވަނަ އަހަރު ބޭއްވި މަތީ ޘާނަވީ ނިންމާ އިމްތިހާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 3 ވަނަ)
- ޝަބާ މުޙައްމަދު / ކުރި، ހއ. މާރަންދޫ (2024 ވަނަ އަހަރު ބޭއްވި ޘާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 3 ވަނަ)
- މުޙައްމަދު ވިއާމް / ނީނާޒު، ހއ. އުތީމު (2024 ވަނަ އަހަރު ބޭއްވި ޘާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ ސިހައެއްގެ 3 ވަނަ)
- ޢާއިޝަތު ޒާރާ އަޙްމަދު ޒިރާން / ލިލީގެ، ހއ. އިހަވަންދޫ (2024 ވަނަ އަހަރު ބޭއްވި ޘާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 3 ވަނަ)
- ޝައިމާ އަޙްމަދު ރަޝޯދު / ސްނޯޑްރޮޕް، ހއ. ދިއްދޫ (2024-2023 ވަނަ އަހަރު ބޭއްވި ޘާނަވީ ނިންމާ އިމްތިހާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 3 ވަނަ)
- ޢާއިޝަތު ނަބީހާ އަމީން / ކާނި ގަސްދޮށުގެ، ހއ. ކެލާ (2024-2023 ވަނަ އަހަރު ބޭއްވި ޘާނަވީ ނިންމާ އިމްތިހާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 1 ވަނަ)
- އިޒާން ޢަލީ / މުތީގެ، ހއ. ދިއްދޫ (2024 ވަނަ އަހަރު ބޭއްވި ޘާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 1 ވަނަ)
- މުޙައްމަދު ޝައްޔާން / މަލަފެހި، ހއ. އިހަވަންދޫ (2024 ވަނަ އަހަރު ބޭއްވި ޘާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 3 ވަނަ)
- އަހްމަދު މާހިލް މުޙައްމަދު / ޖޭމްގަސްދޮށުގެ، ހއ. ދިއްދޫ (2024 ވަނަ އަހަރު ބޭއްވި ޘާނަވީ އިމްތިހާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 2 ވަނަ)
ތިލައުތުރު ހިންގުންތެރިކަމުގެ އެވޯޑް
- އެންމެ ހިންގުންތެރި 3 ވަނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ: އުތީމް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- އެންމެ ހިންގުންތެރި 2 ވަނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ: މާރަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- އެންމެ ހިންގުންތެރި 1 ވަނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ: ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
- 2024 ވަނަ އަހަރު އެންމެ ހަރަކާތްތެރި ކްލަބް ޖަމިއްޔާ: ދިއްދޫ ކުރިމަގު ޖަމިއްޔާ
މަތީދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އެވޯޑް
- ޝަބާ މުހައްމަދު / ކުރި، ހއ. މާރަންދޫ (2024 ވަނަ އަހަރު ކެމްބުރިޖް އިމްތިހާނުގެ އިންގްލިޝް އޭސް ސެކަންޑް ލޭންގުއޭޖް މާއްދާއިން ދުނިއެއިން އެއްވަނަ އަދި އެމާއްދާއިން ދިވެހި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވުން)
- ޢާއިޝަތު ނަބީޙާ އަމީން / ކާނިގަސްދޮށުގެ، ހއ. ކެލާ (2022-2023 ވަނަ އަހަރު ކެމްބުރިޖް އިމްތިހާނުގެ އިންގްލިޝް އޭސް ސެކަންޑް ލޭންގުއޭޖް މާއްދާއިން ދުނިއެއިން އެއްވަނަ – -2023 ވަނަ އަހަރު ކެމްބުރިޖް އިމްތިހާނުގެ ފިޒިކްސް، ބައޮލޮޖީއިން، އަދި އިންގްލިޝް އިން ދިވެހި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރުން)
- ފާތިމަތު ޝައިހާ ޢަލީ / ފެންފިނިގެ، ހއ. ހޯރަފުށި (2024 ވަނަ އަހަރު ކެމްބުރިޖް އިމްތިހާނުގެ އިންގްލިޝް އޭސް ސެކަންޑް ލޭންގުއޭޖް މާއްދާއިން ދުނިއެއިން އެއްވަނަ އަދި އެމާއްދާއިން ދިވެހި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވުން)
- މަރިޔަމް ޔުމްނާ ވަޙީދު / ފަރިވާގެ، ހއ. ހޯރަފުށި (2024 ވަނަ އަހަރު ކެމްބުރިޖް އިމްތިހާނުގެ އިންގްލިޝް އޭސް ސެކަންޑް ލޭންގުއޭޖް މާއްދާއިން ދުނިއެއިން އެއްވަނަ އަދި އެމާއްދާއިން ދިވެހި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވުން)
- އިޒާން ޢަލީ / މުތީގެ، ހއ. ދިއްދޫ (2024 ވަނަ އަހަރު ބޭއްވި ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުން، އިސްލާމީ ތަރުބިއްޔަތު މާއްދާއިން ދިވެހި ރާއްޖެއިން އެއްވަނަ)
- މުހައްމަދު ރަޝީދު / މުރަނގަމާގެ، ހއ. އިހަވަންދޫ (ޕާސް ވިތް ޑިސްޓިންކްޝަން) ޑިންސް އެވޯޑް ހާސިލްކޮށްފައިވުން
ތިލަ އުތުރު ހިންގުންތެރިކަމުގެ އެވޯޑް
- 2024 ވަނަ އަހަރު 3 ވަނައަށް އެންމެ ހިންގުންތެރި ރަށު ކައުންސިލް: އިހަވަންދޫ ކައުންސިލް
- 2024 ވަނަ އަހަރު 2 ވަނައަށް އެންމެ ހިންގުންތެރި ރަށު ކައުންސިލް: ބާރަށު ކައުންސިލް
- 2024 ވަނަ އަހަރު 1 ވަނައަށް އެންމެ ހިންގުންތެރި ރަށު ކައުންސިލް: މޮޅަދޫ ކައުންސިލް
ތިލަ އުތުރު ހިއްވަރުދިނުމުގެ އިނާމު
- ހާލިދު މުހައްމަދު / ތިބުރޯޒުގެ، ހއ. މާރަންދޫ
ތިލަ އުތުރު ހާއްސަ ހިދުމަތުގެ އެވީޑް
- މުހައްމަދު އިބްރާހިމް/ އުޑުވިލާގެ، ހއ. އިހަވަންދޫ
Related