އިހަވަންދޫ ކުނިގޮނޑުގައި ރޯވެ ވަރަށް ބޮޑަށް އަނދަމުން އެބަދެއެވެ. އެކަމުގެ ސަބަބުން އިހަވަންދޫގެ ހުޅަނގު ފަރާތުގައިހުރި ބައެއް ގެތަކަށް ވަރަށްބޮޑަށް ދުމުގެ އަސަރުދަނީ ކުރަމުންނެވެ.
އިހަވަންދޫ ކުނިގޮނޑުގައި ރޯވެ އެނދުމަކީ އާންމު ކަމެކެވެ. ގިނަފަހަރު ކަމާބެހޭ ފަރާތްތަކުން ގޮނޑު ނިއްވުމުގެ މަސައްކަތްކުރަނީ ވައި ހުންނަގޮތުން ރަށުތެރެއަށް ދުމުގެ އަސަރުކޮށް އާމުންނަށް އުނދަގޫ ވާނަމައެވެ.
އިހަވަންދޫގައި ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭން ވެމްކޯއާއި ހަވާލުކޮށްފައި ވާނަމަވެސް، ވެމްކޯގެ މަސައްކަތް ފެށޭނީ ރައްޔިތުންނަށް ޙިދުމަތް ދެވޭ ފެންވަރަށް ކުނިކޮށި އެޅައި ނިމުމުންކަމަށް ވެމްކޯއިން ބުނެއެވެ. 13 އޭޕްރިލް 2024 ވެމްކޯގެ އޮފީސް އިހަވަންދޫގައި ޤާއިމްކޮށް މުވައްޒަފުންނަގާފައި ވީނަމަވެސް ވޭތުވެދިޔަ އެއްއަހަރާއި 8 މަސްތެރޭ އެކުންފުނީގެ މަސައްކަތް އިހަވަންދޫގައި ފެށުމަށް ވެމްކޯވަނީ ނުކުޅެދިފައެވެ. އެކުންފުނީގެ ހިދުމަތް އިހަވަންދޫގައި ފަށާނެކަމަށް އެކުންފުނިން އެތައް ތާރީހުތަކެއް މިހާތަނަށްވަނީ ދީފައެވެ.
މިދިޔަ މަޖިލިސް އިންތިހާބާއި ދިމާކޮށް، އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ވެމްކޯއިން ފެށިއެވެ. ނަމަވެސް އެމަސައްކަތްވަނީ ވަކިހިސާބަކުން ހުއްޓިފައެވެ.