ޚަބަރު

އެމްޓީސީސީ އިހަވަންދޫ ބޯޓް ޔާޑަށް 14 މުވައްޒަފުން ހޯދަނީ

މޯލްޑިވްސް ޓުރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން އިހަވަންދޫގައި ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާ ބޯޓް ޔާޑަށް މުއައްޒަފުން ހޯދަން އިޢުލާން ކޮށްފިއެވެ. އެގޮތުން މިއަދު އެކުންފުނިން ވަނީ 14 މުވައްޒަފުން ހޯދަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2 އިލެކްޓްރިކް އިންޖިނީއަރުން، 4 ލޭބަރުން، 4 މެރިން މެކޭނިކުން، 2 މެކޭނިކަލް އިންޖިނިއަރުން އަދި 2 އޭސީ ޓެކްނީޝަނުންނެވެ. މިމަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 02 ވަނަ ދުވަހުގެ ކުރިން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ. މިމަޤާމްތަކާއި ބެހޭ އިތުރުތަފްސީލް ހޯއްދެވުމަށް: https://mtcc.mv/careers އިހަވަންދޫ ކައުންސިލުން ވާނީ ބޯޓްޔާޑެއް ތަރައްޤީކުރުމަށް، އިހަވަންދޫއިން 2 ލައްކަ އަކަފޫޓްގެ ބިމެއް އެމްޓީސީ އަށް 50 އަހަރުގެ މުއްދަތަށް ދީފައެވެ.
މުޙައްމަދު އަކުރަމް