ކައުންސިލުން 5 ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެންހެދި އެއްގަމު ލައިސަންސް ޓްރެކް ހުޅުވައިފި
އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ހުޅުވައިފިއެވެ. އެއްގަމު ލައިސަންސް ޓްރެކް ހުޅުވާފައިވަނީ ރޭ ލައިސަންސް ޓްރެކްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކައުންގެ ރައީސް، އިހަވަންދޫގައި 490 އެއްހާ އެއްގަމު އުޅަނދު ދުއްވާކަން ފާހަގަކުރައްވައި، އެއްގަމު ލައިސަންސް ޓްރެކް ހެދުމުން ލިބިގެންދާނެ ފަސޭހަ ފާހަގަކުރެއްވިއެވެ. "ކައުންސިލްގެ ވިސްނުން ބައްޓަންކުރީ ހުސްއެކަނި އެހެން ރަށްރަށުގަ މިހުރިފަދަ އާދައިގެ ގޮތަކަށް ޓްރެކް ހެދުމެއްނޫން، އަޅުގަނޑުމެން ވިސްނުން ބައްޓަންކުރީ މިޓްރެކަކީ އިތުރު ޙިދުމަތްތައްވެސް އެހެންނޫނީ އިތުރަށްވެސް ހިއްފަސޭހަ ގޮތަކަށް މިތަނަށް އައިސް ކުޑަކުދިންނަށްވެސް، ފެމިލީއާއިއެކުވެސް އައިސް ހިއްގައިމު މާހައުލެއްގެ ގޮތުގައި ތިބެވޭނެ ގޮތަކަށް މިމާހައުލު ބައްޓަންކުރުން" ސޮބާހް ވިދާޅުވިއެވެ. ސޮބާހް ވިދާޅުވީ ލައިސަންސް ޓްރެކަށް އަންނާނީ ހުސްއެކަނި ލައިސަންސް ނަގަން އަންނަ މީހުން އެކަނި ނޫންކަމަށާއި، ހިންހަމަ ޖައްސާލަން އަންނަމީހުންވެސް އެތަނަށް އަންނާނެ ކަމުގައެވެ. އެހެންކަމުން ހިންހަމަ ޖައްސާލުމަށާއި އެހެނިހެން ކަންކަމަށްވެސް އެކިއެކި ވަގުތު ތަކުގައި އެތަން ހުސްކުރާނެކަމަށް ސޮބާހް ވިދާޅުވިއެވެ.
ރައީސް ސޮބާހް ވިދާޅުވީ ލައިސަންސް ޓްރެކް ހެދުމަށް ރައްޔިތުންގެ ބަޖެޓުން ފަސް ލައްކައެއްހާ ރުފިޔާ ހަރަދުކުރިކަމުގައެވެ. "އަޅުގަނޑުމެން ވިސްނިން ތަންކޮޅެއްބޮޑަށް ހަރަދު ކުޑަކޮށްވެސް ކުރެވޭތޯ، އެހެންނަމަވެސް މިތަނަކީ ދާއިމަށް ދިގު ދެމިގެންދާތަނެއް، އަދި އެހެން ބޭނުންތައްވެސް ކުރެވޭ ތަނެއްވީމަ އެގޮތަށް ބައްޓަން ކޮށްގެން ސީދާ ޑިޒައިނާ އެއްގޮތަށް މިވަނީ ނިންމާލެވިފަ" ސޮބާހް ތަފްސީލް ކޮށްދެއްވިއެވެ.
ރޭގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، އާމިނާދިޔޯ ސިއްޙޫމަރުކަޒުގެ ފެމިލީ ހެލްތް އޮފިސަރ އަބުދުލް ވާހިދު އަބުދުﷲ އެވެ. ވާހިދުއަކީ އިހަވަންދޫގައި ލައިސަންސް އެގްޒާމިނަރެއްގެގޮތުން ވަރަށްގިނަދުވަހު މަސައްކަތްކުރައްވާފައިވާ އަދި ކުރަމުން އަންނަ ބޭފުޅެކެވެ. ރޭގެ ރަސްމިއްޔާތުގައިވަނީ ލައިސަންސް ޓްރެކް ހެދުމުގައި އެހީތެރިވެފައިވާ ފަރާތްކުގެ އަގުވަޒަންކޮށްފައެވެ. އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި އޭއެސްޕީ ސްޓޫޑިއޯއަށްވަނީ ހަނދާނީ ފިލާ ދީފައެވެ.
ރޭގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރު ކޮށްފައިވާ ސަރަހައްދަށް ލޮރީއެއް ހުރަސްކޮށް އާނމުންގެ މީހަކު ހުރަސް އަޅާފައިވާތީ، ރޭގެ ގެ ރަސްމިއްޔާތު 20:15 ގައި ފެށުމަށް ހަމަޖެހިފައިވާނަމަވެސް ރަސްމިއްޔާތު ފެށިފައިވަނީ 20:40 ހާއިރުއެވެ.
ގުޅުން ހުރެދާނެ ލިޔުން
ހިއްކި ބިމުން 3 ހެކްޓަރު ގިރާލައިފި – ރިލްވާން
15 - ނޮވެމްބަރު - 2023
އެމްޓީސީސީގެ ޖަވާބެއް ނުލިބުނުކަމަށްބުނެ ކައުންސިލުން ވެލި ދޫކުރަން ފަށަނީ
7 - ސެޕްޓެމްބަރު - 2023
އެމްޓީސީސީން އޮތީ ވެލި އަޅާދޭގޮތަށް، ކައުންސިލުން ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު
10 - ޖުލައި - 2023
ލައިސަންސް ޓްރެކްގެ ނުނިމިހުރި މަސައްކަތް ފެނައާރާ ހަވާލުކޮށްފި
2 - ޖޫން - 2023
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ފައިނަލްގެ ފުރަތަމަ ޖަގާ އައި.އެސް.އޭޑީ.އެޗް.ސީ އަށް
12 - އޮކްޓޯބަރު - 2022
ޕޮލިސް ބަލިކޮށް އައި.އެސް.އޭޑީ.އެޗް.ސީ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް
10 - އޮކްޓޯބަރު - 2022
ފަހަތުންއަރައި ޕޮލިސް ބަލިކޮށް ކައުންސިލް ސެމީއަށް
10 - އޮކްޓޯބަރު - 2022
ފެނަކަ މިރޭ މެޗަށްވެސް ހާޒިރުނުވުމުން ޖޫރިމަނާއަކާއި ދީމާއަށް
9 - އޮކްޓޯބަރު - 2022
ފެނަކަ ޓީމުން ކުޅެން ދެކޮޅުހެދުމުން ޕޮލިހަށް 3 ޕޮއިންޓް
9 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް