ހއ. އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާއިރު، މިހާތަނަށް ނިމިފައިވަނީ އެމަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. މިނޫހުން ފޮނުވި ސުވާލެއްގެ ޖަވާބުގައި އެމްޓީސީސީއިން މުއުލޫމާތު ދިންގޮތުގައި، އެމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭވަރުވާނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގައި ކަމުގައެވެ. ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. އެމަސައްކަތް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ 60.26 މިލިއަން ރުފިޔާގެ އަގަކަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން އިހަވަންދޫ ފިޝްކަލެކްޝަން ފެސިލިޓީގެ ބަނދަރު ފުންކުރުމާއި 42 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 129 މީޓަރުގެ ޝީޓް ޕައިލް ކީވޯލް ޖެހުމާއި 66 މީޓަރު އެލް ބްލޮކް ކީވޯލް ޖެހުން ހިމެނއެވެ. އަދި 20 ބޮލާޑް ޖެހުމާއި 13 ފެނޑާ ޖެހުމާއި 02 ނެރު ބައްތި ޖެހުމާއި 12 މަގު ބައްތި ޖެހުމާއި އެއްގަމުތޮށި ވަށައިގެން 3437 ސްކެއަރ މީޓަރަށް ޕޭވްމަންޓް އެޅުމާއި ޕޭވްމަންޓްގައި ފެން ހިންދުމަށް ކާނު ބެހެއްޓުން ހިމެނެއެވެ. މިމަޝްރޫއުގެ އީ.އައި.އޭ ހަދާފައިވަނީ ވޯޓާ ސޮލިއުޝަން އިންނެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އިން އީ.އައި.އޭ އެޕްރޫވް ކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ.
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
ހއ. އިހަވަންދޫ
އެމްޓީސީސީ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ފިޝް ކަލެކްޝަން ފެސިލިޓީ
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރުގެ މަސައްކަތް ފަށައިފި
26 - މޭ - 2025
އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
16 - ޖުލައި - 2023
މުހައްމަދު ރަޝީދުގެ ހާޒިރީ ބަލަހައްޓަނީ އެމްޓީސީސީއިން
21 - އޮގަސްޓު - 2022
އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
18 - މޭ - 2022
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
6 - ޖެނުއަރީ - 2026
ކޮންސްޓްރަކްޝަން މިނިސްޓްރީއިންވެސް ބުނަނީ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެކަމަށް!
25 - ނޮވެމްބަރު - 2025
އިހަވަންދޫގެ އިރުމަތީ ފަރާތުން 712 މީޓަރުގެ ސަރަހައްދެއް ގިރައިފި – އިހަވަންދޫ ކައުންސިލް
29 - އޮގަސްޓު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް