"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި 8 ރަށަކުން ވާދަކުރަނީ
މުޙައްމަދު އަކުރަމް
7 - ޑިސެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރީގެ" ނަމުގައި، އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ބާއްވާ ޤުރުއާން މުބާރާތުގައި 8 ރަށަކުން ބައިވެރިވެއްޖެއެވެ. މިމުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫ ކައުންސިލް، މޮޅަދޫ ކައުންސިލް، ކެލާ ކައުންސިލް، މާރަންދޫ ކައުންސިލް، އުތީމް ކައުންސިލް، ފިއްލަދޫ ކައުންސިލް، ވަށަފަރު ކައުންސިލް އަދި އުލިގަން ކައުންސިލުންނެވެ. މިމުބާރާތުގައި މި އަށް ރަށް ތަމްސީލް ކުރާނީ 69 ބައިވެރިއެކެވެ.
މިއީ އިހަވަންދިއްޕޮޅަށް ހުޅުވައިލައިގެން ބާއްވާ ޤުރުއާން މުބާރާތެއް ނަމަވެސް މުބާރާތުގެ ވާދަވެރިކަން އިތުރުކުރުމަށްޓަކައި، ހއ އަތޮޅުގެ އެހެން ރަށްތަކަށްވެސްވަނީ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ފޮނުވާފައެވެ. މިމުބާރާތުގައި ކޮންމެ ރަށެއްވެސް ތަމްސީލްކުރެވޭނީ ވަކިއަދަދެއްގެ ބައިވެރިންނަށެވެ.
މުބާރާތުގައި ބައިވެރިވާ އެހެން ރަށްތަކުގެ ބައިވެރިން އިހަވަންދޫއަށް އައުމުން އެފަރާތްތަކުގެ ހުރުމާއި ކެއުމުގެ އެންމެހާ އިންތިޒާމްތައް، މުބާރާތް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައިދެއެވެ. މިމުބާރާތުން އެއްވަނަ ރަށަކަށް 10000ރ ގެފައިސާގެ އިނާމެއް އަދި ދެވަނަ ރަށަށް 7000ރ ގެފައިސާގެ އިނާމެއް ހުށަހަޅައިފަވާއިރު މުބާރާތުން ތިންވަނައަށް އަންނަ ރަށަކަށް ހުށަހަޅާފައިވަނީ 5000ރ ގެ ފައިސާގެ އިނާމެކެވެ. މީގެއިތުރުން މުބާރާތުން އެއްވަނަ ބައިވެރިޔަކަށް 5000ރ، ދެވަނައަށް 3000ރ އަދި ތިންވަނައަށް ހޮވޭ ބައިވެރިޔާއަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތް ކުރިޔަށް ދާނީ މިމަހުގެ 17 އިން 20 އަށެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
ކުލަބު ޕޯލްސްޓަރ
ހއ. މޮޅަދޫ
ހއ. އުލިގަން
ހއ. މާރަންދޫ
ހއ. ވަށަފަރު
ހއ. ފިއްލަދޫ
ކެލާ
ހއ. އުތީމް
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
އިހަވަންދިއްޕޮޅު ރަސްތަރި
އަންބަރީ ފައުންޑޭޝަން
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދިއްޕޮޅު ރަސްތަރިއަށް ޔައިޝާ
20 - ޑިސެމްބަރު - 2022
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރި 5 ބައިވެރިން ހޮވައިފި
19 - ޑިސެމްބަރު - 2022
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތު ބައިވެރިން މިއަދު އިހަވަންދޫއަށް އަންނާނެ
16 - ޑިސެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގެ އިހަވަންދޫ އޮޑިޝަން ކުރިޔަށް ގެންގޮސްފި
19 - ނޮވެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ހއ އަތޮޅުގެ ރަށްތަކަށް ފޮނުވައިފި
16 - ނޮވެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި ބައިވެރިވީ 4 ރަށަކުން
7 - ނޮވެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފި
22 - އޮކްޓޯބަރު - 2022
ފޮޓޯ: "އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގެ ފަނޑިއާރުން އިހަވަންދޫއަށް އައުން
16 - ޑިސެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް