އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
އިހަވަންކަޕް 2021 ހުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް ދިއްދޫ، ހީވެސްނުވޭ ސްޕޯޓްސް ވެއްޖެއެވެ. އެޓީމުން ސެމީގެ ޖާގައެއް ކަށަވަރުކުރީ އިއްޔަ ހަވީރު ހޯރަފުށީ ކޮމިއުނިޓީ ސެންޓަރާއި ބައްދަލުކުރި މެޗް ފަހަތުން އަރައި 2-1 އިން ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގެ ދެވަނަ ބުރުގެ އެޗްއެން ސްޕޯޓްސްގެ ފުރަތަމަ މެޗްގައި މާރަންދޫ ބަނޑޭރި ސްޕޯޓްސް އާއި ބައްދަލުކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެހެންކަމުން އެޓީމަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. މާރަންދޫ ބަނޑޭރި ސްޕޯޓްސް އަށް 1 ޕޮއިން ލިބިފައިވާއިރު ހޯރަފުށީ ކޮމިއުނިޓީ ސެންޓަރަށް އަދި ޕޮއިންޓެއް ނުލިބެއެވެ. މިމުބާރާތުގެ ދެވަނަ ބުރުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިއަދު ކުޅޭއިރު، ހޯރަފުށީ ކޮމިއުނިޓީ ސެންޓަރު ނުކުންނާނީ މާރަންދޫ ބަނޑޭރި ސްޕޯޓްސްއާ ދެކޮޅަށެވެ. މިމެޗް އެއްވަރުކޮށްލައިގެންވެސް ބަނޑޭރި ސްޕޯޓްސް އަށް ސެމީއަށް ދެވޭއިރު، ސެމީއަށް ދިއުމަށް ހޯރަފުށީ ކޮމިއުނިޓީ ސެންޓަރުގެ ޓީމް ޖެހޭނީ މޮޅެއް ހޯދާށެވެ.
އެނެއް ގްރޫޕަށް ބަލާއިރު، 3 ޕޮއިންޓާއި ފައިދާ ގޯލްގެ ތަފާތުން އެއްވަނާގައި އޮތީ މާރަންދޫ ޔޫތް ސޮސައިޓީއެވެ. ދެވަނާގައި 3 ޕޮއިންޓާއި އެކު އޮތީ ނޮޅިވަރަށް ކައުންސިލް ރެކްރިއޭޝަން ކުލަބެވެ. އެންވީކޭ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ. މިގްރޫޕުން އެއްވެސް ޓީމަކަށް އަދި ސެމީފައިނަލް ކަށަވަރެއް ނުވެއެވެ. މިގްރޫޕްގެ ފަހު މެޗްގައި މިރޭ އެންވީކޭ ނުކުންނާނީ މާރަންދޫ ޔޫތް ސޮސައިޓީއާ ދެކޮޅަށެވެ. މިމެޗް ކާމިޔާބު ކޮށްގެން ނޫނީ އެންވީކޭ އަށް ސެމީ ފައިނަލަށް ދަތުރެއް ނުކުރެވޭނެއެވެ. މިރޭ އެންވީކޭއިން 4 ގޯލަށްވުރެ ބޮޑު ތަފާތުން މެޗް ކާމިޔާބު ކޮށްފި ނަމަ މިގުރޫޕުން ސެމީ ފައިނަލަށް ދަތުރުކުރާނީ ނޮޅިވަރަށް ކައުންސިލް ރެކްރިއޭޝަން ކްލަބާއި އެންވީކޭއެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތަސް މާރަންދޫ ޔޫތް ސޮސައިޓީ ސެމީފައިނަލަށް ދަތުރުކުރާނެއެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް އޮންނާނީ މިމަހުގެ 28 ވާ ބުދަ ދުވަހުއެވެ. އަދި ފަނަލް މެޗް އޮންނީ މިމަހުގެ 30 ވާ ހުކުރު ދުވަހުގެރެއެވެ.
ހއ. އިހަވަންދޫ
އިހަވަން ކަޕް
ކުލަބު ޕޯލްސްޓަރ
ހދ. ނޮޅިވަރަމް
އެންވީކޭ
ހއ. ހޯރަފުށި
ހއ. ދިއްދޫ
ހއ. މާރަންދޫ
ގުޅުން ހުރެދާނެ ލިޔުން
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
1 - ޖެނުއަރީ - 2023
އެންވީކޭ، ބަނޑޭރި، އެޗްއެން އަދި ޔޫތް ސޮސައިޓީ ސެމީއަށް
27 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ
6 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ ފައިނަލަށް މާރަންދޫ ޔޫތް ސޮސައިޓީ އަދި ދިއްދޫ އެޗްއެން ސްޕޯރޓްސް
30 - ޑިސެމްބަރު - 2022
އިހަވަންކަޕްގައި އެންވީކޭ ކުޅޭނީ ރަށު ރޫހުގައި
13 - ޑިސެމްބަރު - 2022
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އިހަވަންދޫ ޓީމް މުބާރާތް ނިންމައިލީ މޮޅަކުން!
6 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް