އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
ހއ އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން ރާއްޖޭގެ 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފިއެވެ. އެރަށްތަކަށް އައު އެމްބިއުލާންސް ހަވާލުކުރީ، ރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުގެ ފަރާތުން އެމްބިއުލާންސްތަކާ ހަވާލުވީ އެ ތަންތަނުގެ އިސްވެރިންނެވެ.
މި ވަގުތު އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެމްބިއުލާންސްތައް ގެންނަން މިދިޔަ އަހަރު ހަވާލުކުރީ އެމްޕީއެލްއާ އެވެ. އެއީ 65.3 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މިއީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދާ އެމްބިއުލާންސްތަކެއްކަމަށް. ހެލްތް މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައިވެ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް އަމިއްލަފުޅަށް ނޯޓު ކުރައްވަމުން ގެންދެވިކަމަށެވެ. އެގޮތުން އެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސިއްޙީ ނިޒާމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން އާބާދީ ބެހިފައިވާގޮތުންވެސް ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ދިމާވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ނުދެވުން ވަޒީރު ފާހަގަކުރެއްވިއެވެ. ބައެއް ރަށްތަކުގައި އެމްބިއުލާންސް ލިބި އެހެންނަމަވެސް މެއިންޓަނަސް ނުކުރެވެވުމުގެ ސަބަބުން ހަލާކުވެފައި އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.
އިހަވަންދޫއަށް އެންމެފަހުން އެމްބިއުލާންސްއެއް ގެނެސްފައިވަނީ 2022 ވަނަ އަހަރުއެވެ.
އާމިނާ ދިޔޯ ހެލްތު ސެންޓަރު
ހއ. އިހަވަންދޫ
ހއ. ހޯރަފުށި
ހއ. މޮޅަދޫ
މިނިސްޓްރީ އޮފް ހެލްތު
ހއ. ބާރަށް
ހއ. ދިއްދޫ
ގުޅުން ހުރެދާނެ ލިޔުން
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
ޑުޕްލެކްސްއާ ބިން ހަވާލުކުރުމުން މަސައްކަތް ފަށައިފި
9 - މާރިޗު - 2023
އިހަވަންދޫ ހޮސްޕިޓަލް އަޅަން ޑުޕްލެކްސްއާ ހަވާލުކޮށްފި
16 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
1 - ޖެނުއަރީ - 2023
އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
26 - ޑިސެމްބަރު - 2022
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫ
26 - ނޮވެމްބަރު - 2022
ކޮވިޑް ފެސިލިޓީ އާމިނާދިޔޯ ސިއްހީމަރުކަޒާ ހަވާލުކުރަނީ
3 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް