އިމަގު ޣާޒީ ކަޕް މިއަދު ފަށާނެ
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 މިއަދު ފަށާނެއެވެ. މިއަދުން ފެށިގެން މިމަހުގެ 13 ވަނަދު ދުވަހާއި ހަމަޔަށް ކުރިޔަށްގެންދާ މިމުބާރާތުގައި ޖުމްލަ 6 ޓީމެއްވަނީ ބައިވެރިވެފައެވެ. އެއީ ފިއުޗަރ އެފްސީ، އެންވީކޭ، އެފްސީ ބޮޑުމަގު، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީއެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހައިލާގެންނެވެ. ގްރޫޕް 1 ގައި ހިމެނެނީ ސެންސިޓީ، ކުޅިމަގު އަދި ފިއުޗަރ އެފްސީ އެވެ. ގްރޫޕް 2 ގައި ޖަންގަލް، އެންވީކޭ އަދި އެފްސީ ބޮޑުމަގު ހިމެނޭއިރު މިމުބާރާތުގެ ފުތަމަ މެޗްގައި ސެންސިޓީ މިއަދު ނުކުންނާނީ ކުޅިމަގާ ދެކޮޅަށެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. ދެވަނަ ބުރަށް ދަތުރުކުރާ 4 ޓީމްގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ.
މުބާރާތުގެ ފުރަތަމަ ބުރު މެޗްތައް ހެނދުނާއި ހަވީރު ކުޅެން ހަމަޖެހިފައިވީނަމަވެސް ދެވަނަ ބުރުން ފެށިގެން މެޗްތައް ކުޅޭނީ ހަވީރު އެކަންޏެވެ. އިހަވަންދޫ ޣާޒީ ދަނޑުގައި ކުޅޭ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ ގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު ރަނައަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ހަމްޕް ޖަންގަލް ޓީމާ ގުޅިއްޖެ
1 - ޖެނުއަރީ - 2023
އިމަގު ޣާޒީކަޕްގައި ބައިވެރިވީ 6 ޓީމް
28 - ޑިސެމްބަރު - 2022
އިމަގުން އަގޮބޮޑު ފުޓްބޯޅަ މުބާރާތެއް އިއުލާންކޮށްފި
3 - ޑިސެމްބަރު - 2022
ބޮޑުމަގު ކޮޅަށް 13 ލަނޑު ޖަހާ ޖަންގަލްގެ ފެންވަރު ދައްކާލާފި
2 - ޖެނުއަރީ - 2023
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
14 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި
10 - ފެބްރުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް