ހަމްޕް ޖަންގަލް ޓީމާ ގުޅިއްޖެ
ހަމްޒާ މުހައްމަދު (ހަމްޕް)، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕްގައި ވާދަކުރާ ޖަންގަލް ޓީމާ ގުޅިއްޖެއެވެ. ހަމްޕް ޖަންގަލް ޓީމާއި ގުޅިފައިވަނީ މިއަދު ހެނދުނުއެވެ. ޖަންގަލް ޓީމްގެ ސަޕޯޓަރުންވަނީ ހަމްޕް އަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ޣާޒީކަޕްގައި ވާދަކުރާ ޓީމްތަކުގެ ސްކޮޑުގައި ރަށުން ބޭރު 3 ކުޅުންތެރިން ޖެއްސޭއިރު ބައެއް ޓީމްތަކުންވަނީ ސަރަހައްދީ އަދި ޤައުމީ ލެވެލްގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންގެނެސްފައެވެ. ޖަންގަލް ޓީމުން، ނިމިދިޔަ އިހަވަންކަޕްގެ އެންމެ މޮޅު ޑިފެންޑަރު ދިއްދޫ އާދަމް ނަސީމް، މުނީޒް، ތަހްސީން، ސައުދު ،ފަވާޒް، ޝާނިއު އަދި ގައްރަ ފަދަ ކުޅުންތެރިން ހިމަނާފައިވާއިރު އެންވީކޭ އިންވެސް ވަނީ ސްކޮޑް ވަރުގަދަ ކޮށްފައެވެ. އެންވީކޭ ސްކޮޑްގައި ޔާމިން ސައްޓު އަދި އެންޑީ ހިމަނާފައިވާއިރު އެހެން ޓީމްތަކުންވެސް ރަށުންބޭރުން ހުނަރުވެރި ކުޅުންތެރިން ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.
ޣާޒީ ކަޕްގެ ފުރަތަމަ މެޗް މިއަދު ހަވީރުވަނީ ކުޅެފައެވެ. ކުޅިމަގު އަދި ސެންސިޓީ ވާދަކުރި މިމެޗް 3-0 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ ކުޅިމަގެވެ. މިމުބާރާތުގެ ދެވަނަ މެޗްގައި މާދަމާ ހެނދުނު 6:00 ޖަންގަލް ނުކުންނާނީ ބޮޑުމަގާ ދެކޮޅަށެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
އެންވީކޭ
ޖަންގަލް
އިހަވަންދޫ ޕޮލިސް
ޣާޒީ ދަނޑު
ޣާޒީ ކަޕް
ގުޅުން ހުރެދާނެ ލިޔުން
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
14 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި
10 - ފެބްރުއަރީ - 2024
މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާ
5 - ފެބްރުއަރީ - 2024
އެންވީކޭ ރޮއްވާލުމަށްފަހު ޖަންގަލް ޣާޒީކަޕުގެ ތަށިހިއްލާލައިފި
16 - ޖެނުއަރީ - 2023
ޣާޒީ ކަޕްގެ ދެވަނަ ބުރަށް އެންވީކޭ، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީ
5 - ޖެނުއަރީ - 2023
އެންވީކޭ އިން ޖަންގަލް ހަމަބިމަށް ތިރިކުރިނަމަވެސް ޖަންގަލް ދެވަނަ ބުރަށް
3 - ޖެނުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް