ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއިން ކުރިޔަށްގެންދިޔަ ޣާޒީ ކަޕްގެ ފައިނަލް މެޗްގައި ބޮޑުތަފާތަކުން ކްލަބް އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފިއެވެ. ރޭ އިހަވަންދޫ ޣާޒީ ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗް އެންވީކޭއިން ކާމިޔާބުކުރީ 5-1 ގެ ބޮޑު ތަފާތަކުންނެވެ.
އެންވީކޭއިން މިމުބާރާތް ކާމިޔާބު ކޮށްފައިމިވަނީ އެޓީމް މިމުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއީ ޣާޒީ ކަޕްގެ ދެވަނަ މުބާރާތެވެ. ފުރަތަމަ ޣާޒީ ކަޕްގެ ޗެމްޕިއަން ޖަންގަލްވަނީ މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި އިރަމާގެ އަތްދަށުވެ ކަޓާފައެވެ. މިމުބާރާތުގެ ޗެމްޕިއަން އެންވީކޭއަށްވަނީ 15،000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަފް އިރަމާއަށްވަނީ 5000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖާޒީ ނަންބަރު 8 އިބްރާހިމް އައިސަމްއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ހޮވުނީ ޖަންގަލް ޓީމްގެ ޖާޒީނަންބަރު 19 އަލީ ނާއިޝްއެވެ. އޭނާ ވަނީ މިމުބާރާތުގައި 5 ގޯލް ޖަހާފައެވެ. މުބާރާތުގެ 23 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަށްވެސް ހޮވުނީ ކަންގަލް ޓީމްގެ ޖަޒީ ނަންބަރު 19 އަލީ ނާއިޝްއެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖާޒީ ނަންބަރު 8 އިބްރާހިމް އައިސަމްއެވެ.
އިމަގު ޣާޒީ ކަޕަކީ އިހަވަންދޫގައި ކުރިޔަށް ގެންދާ ހަމައެކަނި އިލަވަން ސައިޑް ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 4 ޓީމެވެ. އެއީ އެންވީކޭ، ކްލަބް އިރަމާ، ޖަންގަލް އަދި ސެންސިޓީއެވެ.
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
އެންވީކޭ
ޖަންގަލް
ޣާޒީ ދަނޑު
ސެންސިޓީ
ކްލަބް އިރަމާ
ޣާޒީ ކަޕް
ގުޅުން ހުރެދާނެ ލިޔުން
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
14 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި
10 - ފެބްރުއަރީ - 2024
މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާ
5 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އެންވީކޭއިން އިތުބާރާއިއެކު މުބާރާފަށައިފި
9 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވާދަވެރި އެންވީކޭ އަދި ޖަންގަލް
8 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ދެވަނަ ބުރަށް އެންވީކޭ، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީ
5 - ޖެނުއަރީ - 2023
ހަމްޕް ޖަންގަލް ޓީމާ ގުޅިއްޖެ
1 - ޖެނުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް