ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއިން ކުރިޔަށްގެންދާ ޣާޒީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ފައިނަލުން ސީދާ ޖާގައެއް ހޯދައިފިއެވެ.
މިއަހަރުގެ މުބާރާތް ރާވާފައިވަނީ، ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރުވާ ގޮތަށެވެ. ފައިނަލްގެ އަނެއްޖާގަ ކަށަވާރުވާނީ ދެވަނަ އަދި ތިންވަނައަށްދާ ދެ ޓީމް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް ސްޓޭޖްގެ އެއްވަނަ ޓީމްގެ ގޮތުގައި 9 ޕޮއިންޓާއިއެކު ފައިނަލުން ސީދާ ޖާގައެއް ހޯދީ އެންވީކޭއެވެ.
ދެވަނަ އަދި 3 ވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަހޯދީ ޖަންގަލް އަދި ކްލަބް އިރަމާއެވެ. މިމުބާރާތުގެ ސެމީފައިނަލްގެ މެޗް މާދަމާ ރޭ ކުޅޭއިރު، އެމެޗުން މޮޅުވާ ޓީމެއް މިމަހުގެ 17 ވަނަ ދުވަހުގެރޭ ނުކުންނާނީ މިމުބާރާތުގެ ފައިނަލްގައި އެންވީކޭއާ ދެކޮޅަށެވެ. އެންވީކޭ ވަނީ މިދިޔަ ޣާޒީ ކަޕްގެ ފައިނަލްގައިވެސް ކުޅެފައެވެ. ފައިނަލްގައި ޖަންގަލް އަތުން ބަލިވީއެވެ.
މިދިޔައަރުގެ ޗެމްޕިއަން ޓީމަށް 10،000ރ ދިންއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި 2 ވަނައަށް ދާ ޓީމަކަށް 5000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އިމަގު ޣާޒީ ކަޕަކީ އިހަވަންދޫގައި ކުރިޔަށް ގެންދާ ހަމައެކަނި އިލަވަން ސައިޑް ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
އެންވީކޭ
ޖަންގަލް
ޣާޒީ ދަނޑު
ސެންސިޓީ
ކްލަބް އިރަމާ
ޣާޒީ ކަޕް
ގުޅުން ހުރެދާނެ ލިޔުން
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި
10 - ފެބްރުއަރީ - 2024
މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާ
5 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އެންވީކޭއިން އިތުބާރާއިއެކު މުބާރާފަށައިފި
9 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވާދަވެރި އެންވީކޭ އަދި ޖަންގަލް
8 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ދެވަނަ ބުރަށް އެންވީކޭ، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީ
5 - ޖެނުއަރީ - 2023
ހަމްޕް ޖަންގަލް ޓީމާ ގުޅިއްޖެ
1 - ޖެނުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް