ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
މުޙައްމަދު އަކުރަމް
22 - އޭޕްރީލް - 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް މާދަމާ ހއ. އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މި ދެބޭފުޅުން އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:15 ގައެވެ. މި ދަތުރުފުޅަކީ "ބޮޑު ބަދަލު" ގެ ނަމުގައި އެބޭފުޅުން ފައްޓަވާފައިވާ ސިޔާސީ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
މި ކެމްޕެއިންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މިހާރު ހުސްވެފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައެވެ. އަދި ފައްޔާޒް އިސްމާއިލް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށްޓަކައި ބާއްވާ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، އިހަވަންދޫ ކައުންސިލަށް ވާދަކުރެއްވި ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ފައްޔާޒް އިހަވަންދޫއަށް ވަޑައިގަތްކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
އެމްޑީޕީގެ ކެމްޕޭނަށް އާރުޑީސީގެ މުވައްޒަފުންނާއި ވެހިކަލް ބޭނުންކުރާކަމަށް ބުނާ މައްސަލަ އޭސީސީއަށް
28 - ސެޕްޓެމްބަރު - 2023
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އުފަލުގައި މިރޭ ހަވާއަރުވަނީ
30 - އޮގަސްޓު - 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގެންފި
19 - ޖުލައި - 2023
ޕީޕީއެމް ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
9 - މޭ - 2023
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އިހަވަންދޫގައި ކުރިޔަށް
28 - ޖެނުއަރީ - 2023
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރީ އެކަމަށް އެކަށީގެންވާ ކޮންޓްރެކްޓަރަކާ – ރައީސް
17 - ޖެނުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް