އިހަވަންދޫ ކައުންސިލަށް އެއްވެސް އެއްޗެއް ގަނެވޭނެ ގޮތެއްނެތް – ސޮބާހް
އިހަވަންދޫ ކައުންސިލަށް އެއްވެސް ހަރަދެއް ކުރެވޭނެ ގޮތެއް ނެތްކަމަށް، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވެއްޖެއެވެ. ސޮބާޙް މިހެން ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހުގެރޭ އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އިހަވަންދޫ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރުމާއިމެދު، ކައުންސިލާއި ސިވިލްސާވިސް ކޮމިޝަނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމުގެ ސަބަބުން އެކަން ކުރިޔަށް ނުގޮސް ހުއްޓިފައި ވާއިރު، ސިވިލް ސާވިސް ކޮމިޝަނުން އިހަވަންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ ގޮތުގައި ބަލައިގަންނަނީ އެކޮމިޝަނުން އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމަށް އައްޔަން ކޮށްފައިވާ ހއ. އިހަވަންދޫ، ގިގުނިގޭ އަލީ ޝިފާޒެވެ. ނަމަވެސް އިހަވަންދޫ ކައުންސިލުން އަލީޝިފާޒް ވަޒީފާއަށް ނެރުމަށްދަނީ އިންކާރުކުރަމުންނެވެ. އެހެންކަމުން އިހަވަންދޫ ކައުންސިލްގައި މިވަގުތު މަލީ ޒިންމާދާރު ވެރިއެއް ނެތެވެ.
ސޮބާޙް ވިދާޅުވީ މާލީޒިންމާދާރު ވެރިއެއް ނެތުމުން ރައްޔިތުންނަށް ދެމުންއަންނަ އެންމެ އަސާސީ ހިދުމަތްތައްވެސް ދިނުމަށް ދަތިވެފައިވާކަމަށާ، އެމައްސަލައަށް ހައްލެއް ނުލިބޭނަމަ ކޯޓަށް ދިއުމަށް ނިންމާފައިވާ ކަމުގައެވެ.
ކައުންސިލްގެ މާލީ ޒިންމާދާރު އިސްވެރިޔާއަކީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލަށް ވީހިނދު، ދައުލަތުގެ އޮފީސްތަކުންކުރާ ޚަރަދުތަކަށް ހުއްދަދޭ އޮތޮރައިޒިންގް އޮފިސަރުން އައްޔަންކޮށް، އެމުވައްޒަފުންނަށް ހުއްދަ ދެވޭނެ އެންމެ މަތީ އަދަދު ކަނޑައަޅައި، ޕޭމަންޓް ވައުޗަރުތަކުގައި ހުއްދަދޭ ސޮއެ ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތަށް ފޮނުވުމަކީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ވާގޮތުގެމަތިން އެއިދާރާއެއްގެ މާލީ ޒިންމާދާރު އިސްވެރިޔާގެ މަސްއޫލިއްޔަތެކެވެ. އަދި ހަމަ އެހެންމެ ކައުންސިލްތަކުގެ މަލީ ޒިންމާދާރުވެރިން އައްޔަންކުރުމާއި ވަކިކުރުމަކީވެސް ކައުންސިލްތަކަށް ލިބިގެންވާ ބާރެއްނޫނެވެ.
މިހެން މިގޮތަށް އޮތްނަމަވެސް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 44 ވަނަ އާންމު ޖަލްސާއިން، އޭރުގެ ސެކެރެޓްރީ ޖެނެރަލް އަޙްމަދު ޝިފާއުއަށް، އިހަވަންދޫ ކައުންސިލް އިދާރާގެ ބޭންކް އެކައުންޓް ތަކުގައި ސޮއެކުރުމުގެ ހުއްދަ ދޭން ނުފެންނަކަމަށް އިހަވަންދޫ ކައުންސިލުން ފާސްކޮށްފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލަށް، އަލީ ކަމަކު ނުދިޔަ
31 - ޑިސެމްބަރު - 2022
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް