އައިސްޕްލާންޓް ހެދިއްޖެ
ހަލާކުވެފައި ހުންނަތާ ގިނަދުވަސްތަކެއް ވެފައިވާ ހއ އިހަވަންދޫ އައިސްޕްލާންޓްގެ މަރާމާތުގެ މަސައްކަތް ނިމިއްޖެއެވެ.
މިވަގުތު ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އަންނަ ހއ އިހަވަންދޫ އައިސްޕުލާންޓް ހަލާކެވެ، ނުހެދި ގިނަދުވަސް ވުމާއި ގުޅިގެން މަސްވެރިންނާއި އޮޑިވެރިން ވަނީ ރުޅިގަދަވެ ފެނަކަ ކޯޕަރޭޝަނަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުކޮށްފައެވެ. ބައެއް މަސްވެރިން ވަނީ ފެނަކައިން ހއ އިހަވަންދޫގައި "ފެނަކަ އައިސް" ގެ ނަމުގައި ހިންގާ އައިސްޕްލާންޓް ހަލާކުވެ، އެތަނުން އައިސް ނުލިބޭތާ 3 މަހަށްވުރެ ގިނަވެފައިވާ ކަމަށް ބުނެފައެވެ.
އިހަންދޫ އައިސްޕްލާންޓް ހަލާކުވެފައި ހުއްޓަސް ކައިރިގައި އޮތް ހޯރަފުށީގައިވެސް އައިސް ޕްލާންޓެއް ހުންނާތީ އެކަމުގައި މާބޮޑު ދަތިތަކެއް ނެތް ކަމަށް ބައެއްފަރާތްތަކުން ދެކެއެވެ. ނަމަވެސް ނަން ހާމަ ނުކުރުމަށް އެދި އިހަވަންދޫގެ އޮޑިވެރިޔަކު ވިދާޅުވީ ހޯރަފުށީ އައިސްޕްލާންޓަށް "އައިސްޕުލާންޓް" ކިޔާފައިވަނީ ކީ ބަޔަކު ގޯސްކަމުން ކަމަށާއި އެއީ ގޭބިސީ ތަކުގެ މެދުގައި ބޭނުންކުރާކަހަލަ ގެވެހިސާމާނުގެ ތެރޭގައި ހިމެނޭ ޑީ ފްރިޖެއްކަމަށެވެ. އެތަނުން އައިސް ގަނެގެން މަސްވެރިންނަށް މަހަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެން އެންމެ ކައިރިން އައިސް ލިބެންހުރީ ހދ މަކުނުދޫންނެވެ. ނަމަވެސް އެހިސާބުން އައިސް ގަތުމަކީ އައިސްއަށް ކުރާ ހަރަދު ބޮޑުވާ ކަމެއްކަމަށް މަސްވެރިން ބުނެއެވެ. އެގޮތުން މަކުނުދޫން އައިސްގަންނަން ވެއްޖެނަމަ އައިސްގަތުމަށް 3600ރ އިތުރަށް ހަރަދު ވާނެކަމަށްވެއެވެ.
އިހަވަންދޫ އައިސްޕްލާންޓްގެ މަރާމާތާއި ގުޅޭގޮތުން ފެނަކަ އިހަވަންދޫ ބުރާންޗްގެ މެނޭޖަރ މުހައްމަދު ސަމީރު މިއަދު ވިދާޅުވީ އައިސްޕްލާންޓް މިހާރު ހުރީ ހެދިފައިކަމަށެވެ. މިހާރު އައިސް ލިބޭތޯ ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވީ އަދި އައިސް ނުލިބޭ ކަމަށާއި މިހާރު ކުރިއަށް ދަނީ ޓެސްޓް މަރުހަލާ ކަމަށެވެ. ނަމަވެސް ރޯދަމަސް ނިމި މަސްވެރިން މަހަށް ފުރަންވާއިރަށް، އައިސްލިބޭނެކަމުގައި ފެނަކަ އިހަވަންދޫ ބުރާޗްގެ މެނޭޖަރ މުހައްމަދު ސަމީރު ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރެދާނެ ލިޔުން
1.2 މެގަ ވޯޓްގެ ޖަނަރޭޓަރެއް އިހަވަންދޫއަށް ގެނެސްފި ...
14 - ޖުލައި - 2026
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
އިހަވަންދޫ ކަރަންޓްގެ މައްސަލަ: މަސްވެރިންނަށް އައިސް ނުލިބޭތާ 2 ހަފުތާ!
17 - ޖުލައި - 2025
އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ
16 - ޖުލައި - 2025
އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށްފި
12 - ފެބްރުއަރީ - 2025
އިހަވަންދޫއަށް 1 މެގަ ވޯޓުގެ ޖަނަރޭޓަރެއް ގެނެސްފި
18 - އޮކްޓޯބަރު - 2024
މެއިންޓެއިނެންސް އަދި އަޕްގްރޭޑިންގް މަސައްކަތަށް މިއަދު ކަރަންޓާއި ފެން ކަނޑަނީ
6 - މޭ - 2024
ޖަނަރޭޓަރަކަށް މައްސަލަޖެހި ކަރަންޓް ކެނޑޭތީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެދިއްޖެ
7 - އޭޕްރީލް - 2024
އިހަވަންދޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ
6 - އޭޕްރީލް - 2024
ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ
13 - މާރިޗު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް