އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާއި، މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި ބޭއްވި އާއިލީ ހަވީރުގައި އެތައް ސަތޭކަ ކުދިންކާއި ބެލެނިވެރިން ބައިވެރިވެއްޖެއެވެ.
އިއްޔަ ހަވީރު 16:30 ގައި އިހަވަންދޫ ދެކުނުފަރާތު ބަނދަރުމަތިންފެށި މިއާއިލީ ހަވީރު ގައި 1300 އަށްވުރެގިނަ ކުޑަކުދިންގެ އިތުރުން އެކުދިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ. އާއިލީ ހަވީރު ފެށިގެން އެތައް އިރެއްވީއިރުވެސް ގޭޓުން ވަންނަން ކިއުގައި ތިބެންޖެހުނެވެ. އެންޓްރަންސް ގޭޓުންވަތް ހުރިހާ ކުދިންނަށްވެސް ވަނީ ހަދިޔާ ޕެކެއްގެ އިތުރުން ބޮޑު އިނާމު ލިބޭ ކޫޕަން ދީފައެވެ. މިއާއިލީ ހަވީރުގައި 12 ސްޓޯލެއްގައި ހަރަކާތްތައް ކުރިޔަށް ދިޔައިރު ހުރިހާ ސްޓޯލަކުންވެސް ދިޔައީ ތަފާތު އިނާމުތައް ދެމުންނެވެ. މިއީ މިހާތަނަށް އިހަވަންދޫގައި ބޭއްވި މިފަދަ ހަރަކާތަކަށް އެންމެބޮޑު ތަރުހީބެއް ލިބިގެންދިޔަހަރަކާތްކަން ފާގަހަކުރެވެއެވެ.
މިހަރަކާތަކީ އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އިހަވަންދޫގައި ހަރަކާތްތެރިވާ އެންޖީއޯ ތަކުގެ އިތުރުން އިހަވަންދޫގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި ވިޔަފާރިތަކުގެ އެހީގައި ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.
އާމިނާ ދިޔޯ ހެލްތު ސެންޓަރު
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
އިހަވަންދޫ ސުކޫލް
ކުލަބު ޕޯލްސްޓަރ
އިހަވަންދޫ ޕޮލިސް
ގުޅުން ހުރެދާނެ ލިޔުން
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް ފަސްކޮށްފި
15 - އޮކްޓޯބަރު - 2022
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ފައިނަލްގެ ފުރަތަމަ ޖަގާ އައި.އެސް.އޭޑީ.އެޗް.ސީ އަށް
12 - އޮކްޓޯބަރު - 2022
އައި.އެސް.އޭޑީ.އެޗް.ސީ ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ ފެށުން ރަނގަޅުކޮށްފި
9 - އޮކްޓޯބަރު - 2022
ފެނަކަ ޓީމުން ކުޅެން ދެކޮޅުހެދުމުން ޕޮލިހަށް 3 ޕޮއިންޓް
9 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް