ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ދޭނީ އަށް ހަފްތާ ފަހުން
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު ދެވަނަ ޑޯޒް ޖަހާނީ އަށް ހަފްތާ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއޯއީސީ)ން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެވަނަ ޑޯޒް ދޭނީ އަށް ހަފްތާ ފަހުން ކަމަށް ނިންމީ ރާއްޖޭގެ ޓެކް ޓީމާއި ޑަބްލިއުއެޗްއޯގެ އިރުޝާދުތަކަށް ބެލުމަށްފަހު ކަމަށެވެ.
ޑރ. ނަޒްލާ ރަފީގު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި އަށް ހަފްތާ ފަހުން ކޮވިޝީލްޑްގެ ފަހު ޑޯޒް ޖަހާ ގޮތަށް ނިންމީ ޑަބްލިޔުއެޗްއޯ އާއި ރާއްޖޭގެ ވެކްސިންދިނުމާ ބެހޭ ފަންނީ ލަފާ ދޭ ގްރޫޕުގެ ދިރާސާ އާއި ލަފަ އަށް ބެލުމަށް ފަހުގަ އެވެ.
ކޮވިޝީލްޑަކީ ރަނގަޅު ވެކްސިނެއް ކަމަށް ކަނޑައަޅައި ޑަބްލިޔުއެޗްއޯ އިން ލަފާދީފައި ވަނީ އަށް ހަފްތާ އާއި 12 ހަފްތާއާ ދެމެދު ދެވަނަ ޑޯޒު ޖެހުމަށެވެ.
ރާއްޖޭގައި މިހާތަނަށް ހުއްދަދީފައިވާ ހަމައެކަނި ކޮވިޑް ވެކްސިން، ކޮވިޝީލްޑްގެ ފުރަތަމަ 100،000 ޑޯޒު ހަދިޔާކުރީ އިންޑިއާ އިންނެވެ. އިއްޔަގެ ނިޔަލަށް ވަނީ 56،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފަ އެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިފާޢިނިޒާމް ދަށްމީހުންގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ފައިޒާ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮގަސްޓު - 2021
އެސްޓްރާޒެނެކާގެ ފަސްލައްކަ ޑޯޒް އަންނަ މަހު ލިބޭނެ: ރައީސް
8 - ޖޫން - 2021
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ މަސް ތެރޭގައި ޖެހޭނެ: އެޗްޕީއޭ
8 - ޖޫން - 2021
މޮޑާނާ އަދި ޖެންސެން ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފި
6 - ޖޫން - 2021
އިހަވަންދޫގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ޖެހޭ 1139 މީހުން އެބަތިބި
25 - މޭ - 2021
ވެކުސިންގެ ދެ ޑޯޒަށް ފަހު ކަރަންޓީނު ދޫކޮށްލާ އުސޫލު އާންމުކޮށްފި
16 - އޭޕްރީލް - 2021
ކަރަންޓީންނުވެ ރަށްތަކަށް ދަތުރުކުރެވޭގޮތް ހަމަޖެހޭނެ: ރައީސުލްޖުމުހުރިއްޔާ
16 - އޭޕްރީލް - 2021
43،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފި
16 - ފެބްރުއަރީ - 2021
ދެވަނަ ފަހަރުވެސް މަސްތަކުގެ ނީލަން "ފެނަށް"!
17 - ޖޫން - 2026
ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ރަސްމީކޮށް ފަށައިފި...
15 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް